Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ހައްޔަރުކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރަޒާކް ހައްޔަރުކޮށްފައިވާ ކަމަށާއި މާދަމާ އޭނާގެ މައްޗަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް އޭނަގެ ލޯޔަރުން ހާމަކޮށްފިއެވެ.

މޭލޭޝިއާގެ ސްޓޭތް މީޑިއާ ބަރްނާމާ އިން ބުނާގޮތުގައި އެންޓި ކޮރަޕްޝަން އޮފިސަރުން އޭނާ ހައްޔަރު ކޮށްފައިވަނީ އޭނާގެ ގޭގައި ހުއްޓައި މިއަދުގެ ވަގުތެއްގައެވެ.

ނަޖީބް ރަޒާކް ހައްޔަރުކޮށްފައި ވަނީ އޭނާގެ ސަރުކާރުގައި އުފެއްދި ކުނުފުނި 1 މެލޭޝިއާ ޑެވެލޮޕްމެންޓް ބާހަދް (ވަންއެމްޑީބީ) އާއި ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ތަހުގީގު ކުރަމަށްފަހުގައެވެ.

މި ކުންފުނި މެދުވެރިކޮށް ހިންގި މުއާމަލާތްތަކުގައި ނަޖީބްގެ އަމިއްލަ އެކައުންޓަށް އެތަކެއް މިލިއަން ޑޮލަރު ވަދެފައިވާ ކަމަށް ވަނީ ތަހުގީގު ތަކުން ދައްކާފައެވެ. ނަމަވެސް ނަޖީބް ވަނީ މިތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ.

މިދިޔަ ހަފްތާގައި ފުލުހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނިގޮތުގައި ނަޖީބްގެ އެޕާޓްމެންޓްތަކުން ވަނީ 225މިލިއަން ޑޮލަރުގެ ލަގްޒަރީ ދަބަސްތަކާއި ގަހާނާއާއި ނަގުދު ފައިސާއާއި އެހެނިހެން އަގުބޮޑު ތަކެތި ފެނިފައެވެ.

ތަފްސީލް އަންނަނީ…