Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

"ވެރިކަމަކީ ހަދިޔާއަަކަށްވާ ނަމަ މިސްރާބަކީ ވީރާނާވުން"

ގައުމުތަކުގެ ވެރިކަމާއި މުދާ އަނބިންނާއި ފިރިންނާއި ދަރިންނަށް އެރުވޭ ހަދިޔާ އަށް ވާން ވެއްޖެ ނަމަ ގައުމު އެ މިސްރާބް ވަނީ ވީރާނާ ވުން ކަމުގައި ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވި ނަމަވެސް އެއީ ސީދާ ކޮންބޭފުޅެއްގެ ވާހަކަ ކަމެއް ވިދާޅުވެފައެއް ނުވެއެވެ.

އެހެން ނަމަވެސް ބެލެވޭ ގޮތުގައި ނިޒާރު ނުސީދާ ގޮތެއްގައި ފާޑުކިޔުންތައް އަމާޒުކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށެވެ. އިދިކޮޅު ކޯލިޝަނުގެ ރަނިން މޭޓަކަށް ގާސިމްގެހަގު އަނބިކަނބަލުން ނެރުއްވަން އުޅުއްވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

އަދި އެކަމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ދަނީ ގާސިމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ޖުމްހޫރީ ޕާޓީގެ އޮފިޝަލުން ބުނާ ގޮތުގައި ޖުމްހޫރީ ޕާޓީގެ ރަނިންމޭޓަކު ނެރޭއިރު، އެ ބޭފުޅަކު ކަނޑައަޅާނީ ސީދާ ޤާސިމް އަމިއްލަ އަށެވެ.