Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

"ސިޓީ ބާޒާރު" ގެ އިތުރު 5 ފިހާރައެއް ކުއްޔަށް ދެނީ

ތަފާތު ވިޔަފާރިތައް ހިންގޭ ގޮތަށް ހިތަދޫ ހަދާފައިވާ "ސިޓީ ބާޒާރު" އިމާރާތުން އަނެއްކާ ވެސް ކުއްޔަށް ފިހާރަތަކެއް ދޫކުރަން އިއުލާންކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލާއި ގައުމީ ޔުނިވަސިޓީ ގުޅިގެން ހަދާފައިވާ ސިޓީ ބާޒާރުން ފަސް ފިހާރަ ކުއްޔަށް ދޫކުރަން ވަނީ ނިންމައިފަ އެވެ.

އެ ފިހާރަތަކަކީ، 2 ނަމްބަރު ފިހާރަ، 3 ނަމްބަރު ފިހާރަ، 5 ނަމްބަރ ފިހާރަ، 6 ނަމްބަރު ފިހާރަ އަދި 7 ނަމްބަރު ފިހާރަ އެވެ.

މި ތަންތަނަށް ޝައުގުވެރިބާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 9 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މިކަމަށް އެދޭ ފޯމް ކައުންސިލް އިދާރާ އިން މިހާރު ލިބޭނެ އެވެ. ފޯމު ސެޓެއްގެ އަގަކީ 150ރ. ރުފިޔާ އެވެ.

ފޯމާއި ޕްރޮޕޯސަލް ބަލައި ގަންނާނީ މި މަހުގެ 9 ވަނަ ދުވަހުގެ 11:00 ގައި ސިޓީ ކައުންސިލް އިދާރާ އިންނެވެ.

"ސިޓީ ބާޒާރު" ގައި މިހާރު ވެސް އަންނަނީ ބައެއް ވިޔަފާރިތައް ހިންގަމުންނެވެ.