ދިވެހިރާއްޖޭގައި ރީތީގެ ރާނީގެ މަޤާމަށް އެންމެ ފުރަތަމަ ހޮވި، ހއ. ބާރަށު ރަމްލާ އަހުމަދު ނިޔާވެއްޖެއެވެ.
އުމުރުން 83 އަހަރުގައި ރަމްލާ ނިޔާވީ ބަލިވެ އުޅުމަށްފަހު ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނު އައިޖީއެމްއެޗުގައެވެ.
ރަމްލާ ނިޔާވިއިރު، ދުނިޔޭގައި އޭނާގެ ހަތް ދަރިން އެބަތިއްބެވެ. އަދި މާމަ، މުނިމާމަ 40 އަށްވުރެ ގިނަ ކުދިން އެބަތިއްބެވެ.
ރަމްލާ ކާމިޔާބުކުރި ރީތީގެ މުބާރާތް ބޭއްވީ މުޅި ރާއްޖެއިން ކުދިން ހޮވާލައިގެން ބޭއްވި އެ މުބާރާތުގެ 1 ވަނަ ލިބުނީ ރަމްލާއަށް 18 އަހަރުގަ އެވެ. އެ މުބާރާތަށްފަހު ގައުމީ ފެންވަރުގައި ރީތީގެ މުބާރާތް ބާއްވާފައެއް ނުވެ އެވެ.

ރަމްލާ ދިވެހިރާއްޖޭގެ ފުރަތަަމަ ރީތީގެ ރާނީގެ މަޤާމަށް ހޮވުނީ، ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި 1953 ވަނަ އަހަރު އެވެ.
އޭނާ އެ މުބާރާތް ކާމިޔާބު ކުރީ އުމުރުން 18 އަހަރުގަ އެވެ. އޭގެ ފަހުން ރާއްޖޭގައި އެފަދަ މުބާރާތެއް ސަރުކާރުން ބާއްވާފައެއް ނުވެއެވެ.