ޣައިރު މުސްލިމް ފަނޑިޔާރުން ރާއްޖެ ގެންނަން ގޮވާލުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުސްލިމުންގެ މައްޗަށް ހުކުމް ކުރުމަށް ޣައިރު މުސްލިމް ފަނޑިޔާރުން ގެނައުމަށް ގޮވާލުމަކީ ހިތާމަ ހުރި ކަމެއް ކަމަށާއި އެފަދައިން ގޮވާލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
Muslimunge machcha hukumukurumah gairu muslimu fandiyarun genaumah govalumakee gaboolukureveyne vahaka a noon adhi migotha govalumakee hithama hurikameh
— Ilyas Hussain (@ilyaasipa) July 2, 2018
މި އަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅު އެމްޑީޕީން ނެރުނު މެނިސްފެސްޓޯގައި އެ ޕާޓީގެ ވެރިކަމެއްގައި، ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ބޭރު ޤައުމުތަކުގެ ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ބުނެފައިވާތީ އެފަދަ ގޮތަކަށް ގޮވައިލުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
Dheenah furassara kurameehunna harukashi saza dheveynama ilaahi hukumuthah badhaluko muslimun a badhalukuri hukumuthaka eggotha amalukurun lazimukurameehayah ves
Harukashi saza liben jeheeve.— Ilyas Hussain (@ilyaasipa) July 3, 2018
އެމްޑީޕީގެ މެނިފެސްޓޯގައި ބުނީ ރާއްޖޭގެ ކޯޓުތަކުގައި ރާއްޖޭން ބޭރުގެ ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭ ގޮތް ހަދަނީ ޝަރުއީ ދާއިރާގެ ހުކުމްތަކަކީ ރައްޔިތުން ބަލައި ގަންނަ އެއްޗަކަށް ހެދުމަށް ކަމަށެވެ.
އިދިކޮޅު އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައި ވަނީ ޝަރުޢީ ދާއިރާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅާފައިވެ އެވެ.
އެގޮތުން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދައުރު ކުޑަކޮށް، ސުޕްރީމް ކޯޓާ ވަކިން މިނިވަންކަމާ އެކު ހިނގާ ތަނެއް ކަމަށް ޖޭއެސްސީ ހަމަޖެއްސުމަށް ހިމަނާފައިވެ އެވެ.