Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

މިއަދު އަހަރެން ޖަލަށް ލާނެ: މަހްލޫފް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު، އަހުމަދު މަހްލޫފް އަނެއްކާވެސް ޖަލަށް ލާނެ ކަމަށް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުން ހެޔޮ ނިޔަތުގައި އޭނާއާ ވާހަކަ ދެއްކި ނަމަވެސް ކުރި ޓުވީޓަކާ ގުޅިގެން މިއަދު އޭނާ އަނެއްކާވެސް ޖަލަށް ލާނެ ކަމަށާއި، ޖަލަށް ލިޔަސް ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.

ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ދެ ދައުވާއެއް 2016 ވަނަ އަހަރު މަހްލޫފާ ދެކޮޅަށް އުފުލައި ދެ ދައުވާވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ހުކުމް ކޮށް 9 މަސް ދުވަސް ޖަލުގައި ހޭދަކުރެއްވިއެވެ.

އަނެއްކާވެސް ކުރި ޓުވީޓަކާ ގުޅިގެން މަހްލޫފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ދިފާއުގައި މަސައްކަތް ކުރެއްވި ވަކީލުން އެ މައްސަލައިން ބޭރު ކުރުމަށް ފަހުގައެވެ. މަހްލޫފްގެ ދިފާއީ ޓީމުގައި އިސްކޮށް މަސައްކަތް ކުރެއްވި ނާޒިމް ސައްތާރަށް އެ މައްސަލާގައި މަހްލޫފް ދިފާއު ނުކުރެވޭނެ ކަމަށް އެންގުމުން މަހްލޫފް ވަނީ އަމިއްލައަށް ގާނޫނީ ޓީމުގައި ތިއްބެވި އިތުރު ވަކީލުންގެ ސަލާމަތަށް ވިސްނައި މައްސަލައިން ބަރީއަ ކޮށްފައެވެ.