Last Updated: May 2, 11:15
Thursday, May 2, 2024
ޚަބަރު

ފޭދޫގެ ފެން ހިންދާ މަޝްރޫއު ބަޔަކާ ހަވާލުކޮށްފި

ފޭދޫގައި ފެން ހިންދާ ނިޒާމު ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު. ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

އައްޑޫ ސިޓީ ފޭދޫ އަވަށުގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ޤާއިމްކުރާ ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމަސައްކަތް ހަވާލުކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާއި އެ މަސައްކަތް ހަވާލުކުރީ 18.5 މިލިއަން ރުފިޔާ އަށެވެ.

މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޠާރިޤް އިބްރާހީމެވެ. އަދި ސެނޮކް ޓްރޭޑް ކޮންބައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެޕްރަބާތް ރުވަންޕުރަ އެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން ފޭދޫ އަކީ އަބަދުވެސް ވިއްސާރަ މޫސުމުގައި ފެންބޮޑުވާ މައްސަލަ ކުރިމަތިވާ ރަށެކެވެ.

އެރަށުގެ ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ފެން ހިންދާ ނިޒާމެއް ޤާއިމްކުރާނެ ކަމުގެ ވާހަކަ ސަރުކާރުން ދައްކަމުން ގެންދަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ.