Last Updated: May 3, 18:13
Friday, May 3, 2024
މުނިފޫހިފިލުވުން

ސޮނާލީ ކެންސަރުގެ ޝިކާރައަކަށް

ބޮލީވުޑްގެ ބަތަލާ ސޮނާލީ ބެންޑްރޭ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި އެވެ.

އޭނާ މިއަދު ޓްވިޓާގައި ބުނީ "ހައި ގްރޭޑް" ކެންސަރުގެ ބާވަތަކަށް އެމެރިކާގެ ނިއު ޔޯކްގައި މިހާރު ހޯދަމުން އަންނަ ކަމަށެވެ. އަދި އާއީލާ އާއި ހެޔޮއެދޭ މީހުން އެންމެން އޭނާއެކުގައި ތިބި ކަމަށް 90 އަހަރުތަކުައި ވިދާލި ބަތަލާ ބުންޏެވެ.

ސޮނާލީ، 43، ޑައިރެކްޓަރު ގޯލްޑީ ބޭލްއާ ކައިވެނިކޮށްގެން ރަންވީރް ބޭލް ކިޔާ 12 އަހަރުގެ ފިރިހެން ދަރިއަކު ވެސް އެބަ ހުއްޓެވެ. އޭނާ ކެންސަރަށް ފަރުވާ ހޯދާކަން ޓްވިޓާގައި ހިއްސާ ކުރުމާ އެކު، ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ވަނީ ހެޔޮދުއާކޮށް ހިތްވަރުދީ ޓްވީޓްކޮށްފަ އެވެ.

ފިލްމް "އާގް" އިން 1994 ގައި ބޮލީވުޑަށް ނުކުތްް ސޮނާލީ 2002 ގައި ކައިވެނިކޮށް ފިލްމް ކުޅުމާ ދުރުވި ނަމަވެސް، ފަހުން އޭނާ ވަނީ ފިލްމާއި ޑްރާމާ ސިލްސިލާތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ.