Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

"ސާވިސް ޗާޖް ނުދޭ ރިސޯޓް މެނޭޖަރުން މަހަކަށް ޖަލަށް"

މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު އެދޭ ވެރިކަމެއްގައި ރިސޯޓުތަކުގެ މުވައްޒަފުންނަށް ދިނުމަށް ގާނޫނު ލާޒިމް ކުރާ ސާވިސް ޗާޖު ނުދޭ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުން 30 ދުވަހަށް ޖަލަށް ލުމަށް ގާނޫނު އިސްލާހު ކުރައްްވާނެކަމަށް ވިދާޅުވެއްޖެއެވެ.

ސުއޫދު ގެންދަވަނީ ޓްވިޓަރގައި "އަހަރެމެން އެދޭ ވެރިކަމެއްގައި" ނަމުގައި އެކި ޚިޔާލުތައް ފާޅުކުރައްވަމުންނެވެ. އެގޮތުން ދާދި ފަހުން އެމްްއެންޑީއެފް އުވާލައި މެރިން ޕޮލިސް އާއި ކޯސްޓުގާޑު އުފައްދަވާނެކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަށް ޑިފެންސް މިނިސްޓަރައި ޕީޕީއެމް ޕާލިމެންޓު މެމްބަރުން ވަނީ ރައްދު ދެއްވާފައެވެ.

ރިސޯޓުތަކުގެ މުވައްޒަފުންނަށް ގިނަ ރިސޯޓުތަކުން ސާވިސް ޗާޖު ފުރިހަމައަށް ނުދޭ މައްސަލައަކީ ބޮޑު މައްސަލައެކެވެ. މި ސަރުކާރުން ރިސޯޓު މުވައްްޒަފުންނަށް އެރިސޯޓުތަކުގެ ހިއްސާ ދެއްވާނެކަމަށް ވިދާޅުވެ ވައުދުވި ނަމަވެސް އެކަން ފުއްދަވާފައި ނުވެއެވެ. އަދި ރިސޯޓުތަކުގައި ބޭރު މީހުން ގެންގުޅޭ މިންވަރު ގާނޫނީ އަދަދަށް ވުރެ މަތިވި ނަމަވެސް ބަލައި ފިޔަވަޅު އަޅާފައި ނުވެއެވެ.