ކޯޓުގައި ކުރިއަށްދާ މައްސަލައަކާއި ގުޅޭގޮތުން ނުރަނގަޅު ޚަބަރު ޝާއިރުކުރާ ނޫސްވެރިންނަށް ވެސް އަދަބު ދެވޭ ގޮތަށް ޤާނޫނުލް އުގޫބާތަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ޤާނޫނުލް އުޤޫބާތުގެ 510 ވަނަ މާއްދާއަށް ސަރުކާރުގެ ފަރާތުން މި އިސްލާޙް ހުށަހަޅުއްވާފައި ވަނީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) އެވެ.
އެއިސްލާހުގައި ވާގޮތުން ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާއެކު މައްސަލަ ނިންމުމުގެ ޤާބިލުކަން ކޯޓެއްގައި ނެތް ކަމަށް ދެއްކުމަށްޓަކައި، ނުވަތަ ކޯޓުން ވަކި ކަމެއް ކުރަނީ ރަނގަޅު ނޫން މަޤްސަދެއްގައި ކަމަށް ބުނެ ގަސްތުގައި އެއްވެސް އެއްޗެއް ޝާއިއު ކުރުމަކީ ކުށެކެވެ.
އަދި ކޯޓެއްގައި ހިނގަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމަށް ގަސްތުގައި އެއްވެސް އެއްޗެއް ޝާއިރު ކުރުމާއި ޝަރުއީ ދާއިރާއަށް އޮންނަ އާންމުގެ އިތުބާރު ގެއްލޭފަދަ އަމަލެއް ކުރުމަކީ ވެސް ކުށެއް ކަމަށް އެއިސްލާހުގައިވެއެވެ.
އެ އިސްލާޙުގައި އިތުރަށް ބުނެފައި ވަނީ ކޯޓުގެ ހުއްދައާއި ނުލާ އޯޑިއޯ އަދި ވީޑިއޯ ރިކޯޑް ކުރާ ޑިވައިސެއް ކޯޓަށް ވައްދައި އެފަދަ އެއްޗަކުން ކޯޓުގެ މަންޒަރު ނުވަތަ ރިކޯޑް ކުރެވޭ އަޑު ޝާއިރު ކުރުމަކީ ވެސް ކުށެކެވެ.
އައިބީ މަޖިލީހަށް ހުށަހަޅާފައިވާ އެ އިސްލާހުގައި ނޫސްވެރިން އިސްތިސްނާ ކޮށްފައިނުވާކަން ފާހަގަކޮށްލެވެ އެވެ.