ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެމްއެމްއޭއިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފައި ވަނީ އޯރގަނައިޒޭޝަން ފޮރ އިކޮނޮމިކް ކޯރޕަރޭޝަން އެންޑް ޑެވެލޮޕްމެންޓް (އޯއީސީޑީ)ގެ މެމްބަރު ޤައުމަކުން އިކޮނޮމިކްސްގެ ދާއިރާ އިން މާސްޓަރސް ޑިގްރީ ހެދުމަށް ކަމަށެވެ.
މި ސްކޮލަރޝިޕަށް ކުރިމަތި ލެވޭނީ އިކޮނޮމިކްސް ނޫނީ އިކޮނޮމެޓްރިކްސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ޙާޞިލުކޮށްފައިވާ ފަރާތްތަކަށް ކަމަށްވެސް އެމްއެމްއޭ އިން ބުނެއެވެ.
މި ސްކޮލަރޝިޕަށް ހޮވޭނީ އެކެޑަމިކް މެރިޓް އަދި އިންޓަވިއުއިން ލިބޭ މާރކްސް އާއި ސްޓޭޓްމެންޓް އޮފް ޕާރޕަސް އަށް ބެލުމަށްފަހު، އެންމެ މަތިން މާރކްސް ލިބޭ ފަރާތެކެވެ.
މި ސްކޮލަރޝިޕަށް ހޮވޭ ފަރާތެއްގެ ޓިއުޝަންފީ، ވިސާ ފީ، ދެކޮޅު ޓިކެޓު، ބުކް އެލަވަންސް، ސްޓައިޕެންޑް، އެސްޓަބްލިޝް އެލަވެންސް އަދި ޑިޕާޗަރ އެލަވަންސް އެމްއެމްއޭގެ ފަރާތުން ހަމަޖައްސައިދެވޭނެ އެވެ.
މީގެ އިތުރުން ސްކޮލަރޝިޕް ލިބޭ ދަރިވަރަކު ކިޔަވަން ޖެހޭނީ އެފަރާތުން ކަނޑައަޅާ ޔުނިވަރސިޓީ އަކުން ކަމަށާއި ކޯސް ފުރިހަމަ ކުރާ ފަރާތަކުން ހަތަރު އަހަރާއި ހަ މަހުގެ މުއްދަތަކަށް އެމްއެމްއޭ އަށް ޚިދުމަތް ކުރަން ޖެހޭނެ ކަމަށްވެސް އެމްއެމްއޭ އިން ބުނެއެވެ.