Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ދަފްތަރަކުން ވޯޓުން މަހުރޫމެއް ނުވާނެ: މުއިއްޒު

ހައުސިންގ މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު - ފޮޓޯ: އަވަސް

މާލޭގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ފޯމް ހުށަހަޅާފައި އޮތަސް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަރު އޮންނާނެކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއިއްޒު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މުއިއްޒު ވިދާޅުވެފައި ވަނީ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުގެ ސަބަބުން އިންތިޚާބުގައި ބޭނުންކުރާ ވޯޓާސް ލިސްޓަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

އަދި ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ފޯމް ހުށަހެޅިޔަސް ވޯޓް ލުމުގެ ފުރުސަތު ގެއްލޭފަދަ ނުވަތަ ވޯޓް ލުމުގެ ޙައްޤަށް އުނިކަން އަންނަފަދަ އެއްވެސް ގޮތެއް މެދުވެރިނުވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މިގޮތަށް ވިދާޅުވެ ޓްވިޓް ކުރައްވާފައި މިވަނީ، މާލޭ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލުމާއެކު، ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމުލާމީހުންނަށް ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ގެއްލިދާނެކަމަށްބުނެ ބައެއް މީހުން ވާހަތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.