Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

"ރަން އިން އައްޑޫ" އޮގަސްޓް 10 ގައި، ބައިވެރިވެލަމާ

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ން އިންތިޒާމްކޮށްގެން އައްޑޫގައި ބާއްވާ ދެ ވަނަ ދުވުން "ކޮކާކޯލާ ރަން އިން އައްޑޫ" އަންނަ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ފަހަރުގެ ދުވުމުގައި ވެސް ތަފާތު 6 ކެޓަގަރީއެއްގެ ދުވުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެެވެ. އެއީ ފުލް މެރަތަން، ހާފް މެރަތަން، 10 ކިލޯ މީޓަރު އަދި 5 ކިލޯ މީޓަރު ދުވުމުގެ އިތުރުން ކިޑްސް ޑޭޝް ދުވުން އަދި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށް ބާއްވާ ހިނގާލުމެވެ.

ޓީއެފްޖީން ބުނީ ދުވުމުގައި ރެޖިސްޓްރީވާން ބޭނުން މީހުން އައްޑޫގައި ނަމަ ހިތަދޫ ފަލަކް ސްޕޯޓްސް އަދި މާލޭން ނަމަ ޓިީއެފްޖީން ރަޖިސްޓްރީގެ ކަންކަން ފުރިހަމަ ކުރެވޭނެ ކަމަށެވެ.

"ރަން އިން އައްޑޫ" ރަޖިސްޓްރޭޝަން އަގުތައް:

* ފުލް މެރަތަން: ރަޖިސްޓްރޭޝަން ފީ 800ރ.
* ހާފް މެރަތަން: ރަޖިސްޓްރޭޝަން ފީ 650ރ.
* 10 ކިލޯ މީޓަރު: ރަޖިސްޓްރޭޝަން ފީ 500ރ.
* 5 ކިލޯ މީޓަރު: ރަޖިސްޓްރޭޝަން ފީ 500ރ.
* ކިޑްސް ޑޭޝް: ރަޖިސްޓްރޭޝަން ފީ 250ރ.
* އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ހިނގާލުން ހިލޭ

ޓީއެފްޖީން މިދިޔަ އަހަރު ސެޕްޓެމްބަރު 15-16 ގައު ބޭއްވި ދުވުމުގައި 312 ފަރާތަކުން ބައިވެރިވެފައިވާ އިރު އެ އިވެންޓަކީ ޓީއެފްޖީން ކުރިއަށް ގެންދިޔަ ކާމިޔާބު އިވެންޓެކެވެ.

ޓީއެފްޖީން އައްޑޫގައި ބާއްވާ ދުވުމުގެ ޝިއާރަކީ :"ބްރޭކް ޔުއާ ސްޕީޑް" އެވެ.

މުޅި ރާއް ޖެއަށް އަމާޒުކޮށްގެން ޓީއެފްޖީން ކުރިއަށް ގެންދާ ރަން ސީރީޒް އާއި ގުޅިގެން ދުވުމަށް ހާއްސަ މެގަޒިނެއް ޓީއެފްޖީން ވަނީ ނެރެން ފަށައިފައެވެ.

"ރަން އިން އައްޑޫ" އާ ދިމާކޮށް އައްޑޫގައި ނެރޭ މެގަޒިން އިޝޫ އަމާޒު ކުރާނީ އައްޑު އަށް ކަމަށް ޓީއެފްޖީން ބުންޏެވެ.