Last Updated: May 15, 14:33
Wednesday, May 15, 2024
ކުޅިވަރު

ބްރެޒިލް ކުޅުންތެރިންގެ ހުނަރާ މެދު ކޮމްޕެނީ ހާހެއް ނުވޭ

ފީފާވޯލްޑްކަޕް 2018ގެ ކުއާޓާ ފައިނަލުގައި ބްރެޒިލްް އާއި ދެކޮޅަށް ނިކުންނައިރު އެޓީމުގެ ކުޅުންތެރިންގެ ހުނަރުވެރިކަމާއި މެދު އެއްވެސް ހާސްކަމެއް ނެތްކަމަށް ބެލްޖިއަމްގެ ޑިފެންޑަރު ވިންސެންޓް ކޮމްޕެނީ ބުނެފިއެވެ.

ކޮމްޕެނީ ބުނެފައިވާ ގޮތުގައި ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު އެންމެ ހުނަރުވެރި ކުޅުންތެރިން ތިބީ ބްރެޒިލްގައި ކަމަށެވެ. އެހެން ނަމަވެސް އެއީ ބެލްޖިއަމުން ބިރުން ނިދި ނަގާ ލަން ޖެހޭ ކަމެއް ނޫން ކަމެއްގެ ގޮތުގައި އޭނާ ވަނީ ބުނެފައެވެ.
ކޮމްޕެނީ އިތުރަށް ބުނެފައިވާ ގޮތުގައި ބްރެޒިލްގެ މައްޗަށް ބެލްޖިއަމަށް ކާމިޔާބު ހޯދޭނީ ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށެވެ.

ކޮމްޕެނީ ބުނެފައިވަނީ ބެލްޖިއަމް މިހާރު މީހުން ބަލާހިތްވާ ފަދަ ކުޅުމެއް ދައްކާ ކަމަށާއި، ވަރަށް ގިނަ ގޯލުތަކެއް ވެސް ކާމިޔާބުކޮށްފައިވާ ކަމަށެވެ. އަދި ޓީމުން ކުރިއެރުންތައް ހޯދަމުން އަންނައިރު ބްރެޒިލް އަތުން މޮޅުވެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ކޮމްޕެނީ ވަނީ ބުނެފައެވެ.