Last Updated: June 10, 20:48
Wednesday, June 10, 2026
މުނިފޫހިފިލުވުން

"ޔޫސުފް" އަނެއްކާވެސް އޮލިމްޕަހަށް

ފާތުމަތު ނަހުލާ ލިޔެ، ޑައިރެކްޓްކޮށް ބޮޑު ކާމިޔާބީއެއް ހޯފާދައިވާ ފިލްމް "ޔޫސުފް" އަންނަ މަހުގެ 11 އަދި 14 ގައި އޮލިމްޕަހުގައި އަޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

"ދަ ބިގެސްޓް ހިޓް އޮފް ދަ ޑެކަޑް" ގެ ގޮތުގައި ނަހުލާ ސިފަ ކުރާ "ޔޫސުފް" މީގެ ކުރިން ޝްވެކް ސިނަމާގައި ވެސް އަޅުވާނެ ކަމަށް އޭނާ ބުނެފައިވެ އެވެެ.

"ޔޫސުފް" ގައި ދައްކުވައި ދެނީ މަންމަން ފިރިހެނެއްގެ ދިރިއުޅުމެވެ. ފިލްމްގައި "ޔޫސުފް" ގެ ރޯލް އަދާކޮށްފައި ވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. އޭނާގެ އިތުރުން ނިއުމާ މުހައްމަދު، މުހައްމަދު މަނިކުް، ޝީލާ ނަޖީބް، ޒީނަތު އައްބާސް، އަހުމަދު ނިމާލްގެ އިތުރުން ރަވީ ފާރޫގް މި ފިލްމްގައި ހަރަކާތްތެރިވެ އެވެ.

މި ފިލްމް ސިނަމާތަކަށް އައިސްފައި ވަނީ 2008 ވަނަ އަހަރު އެވެ.

ސާކް ފިލްމް ފެސްޓިވަލްގައި ވެސް "ޔޫސުފް" ބައިވެރިކޮށްގެން ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.