Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ހެލިކެޕްޓަރުތައް 10 ދުވަހުގެތެރޭ ގެންދަނީ

21 އެޕްރީލް 2018. ހިތަދޫގައި މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތުގައި ހެލިކަޕްޓަރު ހަރަކާތްތެރިވަނީ

އިންޑިއާއިން ރާއްޖެ ހަދިޔާ ކުރި ދެ ހެލިކެޕްޓަރު ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އަނބުރާ އިންޑިއާ އަށް ގެންދާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ރާއްޖެއަށް ހަދިޔާ ކުރި ދެ ހެލިކެޕްޓަރ ގެންދަނީ ރާއްޖެއިން ބޭނުން ނުވެގެންނެވެ. ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ކުރެވިފައިވާ އެއްބަސްތުކަކާއި ގުޅިގެން ރާއްޖެ ގެނައި ދެ ހެލިކެޕްޓަރގެ ތެރެއިން އެެއް ހެލިކެޕްޓަރ އޮންނަނީ ސ. ގަމުގައެވެ. އަދި އަނެއް ހެލިކެޕްޓަރ ލ. އަތޮޅުގައެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލް އާއި ހަވާލާދީ ނޫހުގައި ބުނެފައިވަނީ އެ ދެ ހެލިކެޕްޓަރ އޮޕަރޭޓް ކުރުމަށް ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާގެ އަސްކަރިއްޔާގެ ފަރާތްތަކުގެ ވިސާ މިދިޔަ މޭއި މަހަށް ހަމަވެފައިވާ އިރު ވިސާގެ މުއްދަތު އިތުރުކޮށްދީފައި ނުވާ ކަމަށެވެ.

ދިވެހި ސަރުކާރުން ބުނެފައިވަނީ ހެލިކެޕްޓަރ ފޮނުވާލަނީ އޭގެ ބަދަލުގައި ޑޯނިއާ މަރުކާގެ ސަވައިލެންސް މަތިންދާ ބޯޓެއް ހޯދުމަށްކަމަށެވެ. ނަމަވެސް މިވަހާކަތަކާއި ގުޅިގެން އިންޑިއާއިން އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.