Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ފްލެޓަށް އެދޭ މުއްދަތު އަންނަ މަހުގެ ނިޔަލަށް

ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ސަން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ދޫކުރާ 7،000 ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

"ހިޔާ" މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތައް 17 ކެޓަގަރީއަކަށް ބަހާލައި، ކުރިމަތިލާން ހުޅުވާލުމުން ގާތްގަނޑަކަށް 50،000 ފޯމު ވަނީ ނަގައިފަ އެވެ.

ކުރިން ހަމަޖައްސާފައިވާ ގޮތުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 31 އެވެ. އެހެންނަމަވެސް މިހާރު އެ މުއްދަތު ވަނީ އަންނަ އޮގަސްޓް މަހުގެ 30 އާއި ހަމައަށް އިތުރުކޮށްފަ އެވެ.

މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ، ފޯމު ނަގާފައި ތިބި ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް ފުރުސަތު ދޭން ކަމަށެވެ.

އަދި މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި އެ މަޝްރޫއުގައި ބައިލައްކަ އަށް ވުރެ ގިނަ މީހުން ފޯމު ނަގާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ ހަފުތާ އިން ފެށިގެން ފްލެޓަށް އެދި ހުށައަޅާ ފޯމް ބަލައިގަތުން ކުރިއަށް ގެންދާނީ ހައުސިން މިނިސްޓްރީގަ އެވެ. ކުރިން މި ޚިދުމަތް ގެންދަމުން ދިޔައީ ދަރުބާރުގޭގަ އެވެ.

މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫ އަށް ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލާފައި ވާއިރު، އެ މަޝްރޫއުގެ ފުރަތަމަ ބުރުން ފްލެޓް ދިނީ އެންމެ 704 މީހުންނަށެވެ.