ކުށެއްގެ ތުހުމަތުގައި ބަންދުކުރާ މީހުންގެ ބަންދާމެދު ކޯޓުން ނެރޭ އަމުރު އިސްތިއުނާފުކުރުމަށް ހުށައަޅަންޖެހޭނީ ހައިކޯޓަށްކަމަށް ސުޕްރީމްކޯޓުން ކަނޑައަޅައިފިއެވެ.
ސުޕްރީމްކޯޓުން ނެރުނު ސާރކިއުލަރގައި ބުނެފައިވަނީ ފުރަތަމަ މަރުހަލާގެ ކޯޓްތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރެވޭނީ ހައިކޯޓާއި ދިވެހިރާޢްޖޭގެ 2 ސަރަހައްދުގައި ޤާއިމުކުރާ ހައިކޯޓްގެ ގޮފީގައިކަމަށް އެކޯޓުން ކަނޑައަޅާފައިވާނެކަމަށެވެ.
އެހެންނަނަމަވެސް ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޚާޟިރުކުރުމުން ބަންދާ މެދު ކޯޓުން ނެރޭ ޢަމުރުގެ މައްސަލަތަކަކީ އަވަސްކަމާއި އެކު ނިންމަންޖެހޭ ބާވަތުގެ މައްސަލަތަކެއްކަމުގައިވާތީ އާއި ހައިކޯޓްގެ ދެކުނު ގޮތްޕާއި އުތުރު ގޮފީގައި ދާއިމީ ފަނޑިޔާރުން ޤާއިމްވެ ތިބެވޭގޮތަށް އަދި ހަމަޖެހިފައިނުވާތީ، ކުށެއްގެ ތުހުމަތުގައި ބަންދުުކުރެވޭ މީހުންގެ ފަނޑިޔާރެއްގެ ކުރި މައްޗަށް ޚާޟިރުކުރުމުން ބަންދާމެދު ކޯޓުން ނެރޭ އަމުރުތައް އިސްތިުނާފުކުރުމަށް ހުށައަޅާނީ ހައިކޯޓަށްކަމަށްވެސް އެ ސާރކިއުލަރގަވެއެވެ.