Last Updated: June 13, 02:24
Friday, June 12, 2026
ވިޔަފާރި

އެލައިޑުން ދަތުރުވެެރިންނަށް ހާއްސަ ޓެރެވެލާސް ޕެކޭޖެއް ތައާރަފްކޮށްފި

އެލައިޑު އިންޝޫރެންސުން ދަތުރުވެރިންނަށް ހާއްސަ ޓެރެވެލާސް އިންޝޫރެންސް ޕެކޭޖެއް އިފްތިތާހުކޮށްފިއެވެ.

ނެޝަަނަލް އާޓް ގެލަރީގައި ރޭފެށި 3 ވަނަ ވެކޭޝަން އެކްސްޕޯގައި މި ޕެކޭޖް ތައާރަފްކޮށްދެއްވީ އެލައިޑުގެ މާކެޓިން މެނޭޖަރ ނިއުޝާދު ޝަރީފުއެވެ. ނިއުޝާދު ވަނީ އެކުންފުނިން މީގެ ކުރިން ދެމުން އައި ޓްރެވެލް އިންޝޫރެންސް ރީ-ބްރޭންޑްކޮށް މިހާރު ހަދާފައިވާ ޓްރެވެލާސް.އެމްވީގެ ވެބްސައިޓު ލޯންޗުކޮށްދެއްވާފައެވެ.

އެލައިޑުގެ ޓްރެވެލާސް އިންޝޫރެންސުގެ އާ ވެބްސައިޓަކީ www.travelers.mv އެވެ.

އާޓްރެވެލް އިންޝޫރެންސް އާއި ގުޅޭގޮތުން ނިއުޝާދު ވިދާޅުވީ ޓްރެވެލަރސް ޕްރޮޓެކްޝަން ޕްލޭނަކީ ރާއްޖެއަށް ބޭރަށް ދަތުރުކުރައްވާ ދަތުރުވެރިޔާއަށް ދަތުރު މަތީގައި ކުރިމަތިވާކަންކަމުން ރައްކާތެރިކަން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެއްކަމަށެވެ.

ނިއުޝާދު ވިދާޅުވީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް މި ޕެކޭޖްގެ މައުލޫމާތާއި، ޕެކޭޖް އޮންލައިންކޮށް ނެގޭނެކަމަށެވެ.

މި އިންސުރެންސް ޕްލޭނުން ދަތުރުމަތީގައި ދިމާވާ ގިނަ ކަންތަކެއް ކަވާކޮށްދޭނެއެވެ. އެގޮތުން ދަތުރު ކެންސެލޭޝަން، ބެގޭޖް ލޮސް، ގުދުރަތީ ކާރިސާއަކުން ލިބޭ ގެއްލުން، ޝެންގހެން ކަވާ އަދި އެމެޖެންސީ މެޑިކަލް ހަރަދު ކަވާ ކޮށްދޭނެެެވެ.

މީގެ އިތުރުންވެސް ޗުއްޓީ އާއި ގުޅުންހުރި އެކިކަހަލަ އެޑްވެންޗާ ހަރަކާތްތައް ވެސް ކަވާކޮށްދިނުމާއި އެކު ދަތުރު މަތީގައި ފައިސާ ވޮލެޓް ފަދަ ތަކެތި ގެއްލުމުން ކަވާ ލިބިގެންދެއެވެ. އަދި ދަތުރު މަތީގައި ހުންނަވާ އިރު 24 ގަޑިއިރުގެ މެޑިކަލް ކަވާ ލިބެއެވެ.

އެއާއި އެކު ވިޔަފާރި ދަތުރުތަކަށް ނުވަތަ ޗުއްޓީއަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެބޭފުޅެއްގެ ދަތުރުގެ ބޭނުމާއި ގުޅުވައިގެން ހިމެނުމަށް އެދޭ އޮޕްޝަނަލް ކަވާސް ނެގުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ. މި ހުރިހާ އޮޕްޝަންތަކެއް ވެބްސައިޓު މެދުވެރިކޮށް ލިބޭނެއެވެ.