Last Updated: May 15, 21:40
Wednesday, May 15, 2024
ޚަބަރު

ކޮމްޕެނީ އުޅެނީ ޖެހިލުންވާތީ އެކަން ފޮރުވަން: މިރަންޑާ

ބެލްޖިއަމްގެ ޑިފެންޑަރ ވިންސެންޓް ކޮމްޕެނީ ބުނެފައިވަނީ ޖެހިލުން ވާތީ އެކަން ފޮރުވަން ކަމަށް ބްރެޒިލްގެ ޑިފެންޑަރ މިރަންޑާ ބުނެފިއެވެ.

މިރަންޑާ މިހެން ބުނެފައިވަނީ، ބްރެޒިލްގެ ކުޅުންތެރިންގެ ހުނަރުވެރިކަމާއި މެދު އެއްވެސް ހާސްކަމެއް ނެތްކަމަށް ބުނެ ކޮމްޕެނީ ދެއްކި ވާހަކަތަކަށް ރައްދު ދެމުންނެވެ.

މިރަންޑާ ބުނިގޮތުގައި އޭނާ ގަބޫލުކުރާ ގޮތުގައި މަސައްކަތް ކުރަނީ ޖެހުުލުންވާކަން ނުދެއްކުމަށާއި ޓީމުގެ އިތުބާރު ދެއްކުމަށް ކަމަށެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އެއީ ޖެހިލުންވާކަން ފޮރުވުމަށްފަހު އިތުބާރު ދެއްކުމުގެ ގޮތެއް" މިރަންޑާ ބުންޏެވެ.

އިންޓަމިލާނަށް ކުޅުމުން އަންނަ މިރަންޑާ އިތުރަށް ބުނެފައިވާ ގޮތުގައި ބެލްޖިއަމްގައި ތިބީ ވަރަށް މޮޅު ކުޅުންތެރިން ކަމަށާއި އެ ޓީމު ހުއްޓުވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

"ބެލްޖިއަމް އަކީ ހަމައެކަނި ލުކާކޫ އެއް ނޫން. އެއީ ވަރަށް ވަރުގަދައަށް އެޓޭކް ކުރާ ޓީމެއް. އެ ޓީމު ހުއްޓުވޭނީ ހުރިހާ ކުޅުންތެރިންނާއި މެދު ސަމާލުވެގެން." މިރަންޑާ ބުންޏެވެ.