Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މަޓޯޓާގެ ގެސްޓްހައުސް އެޑިޝަން އަންނަ މަހު

މިދިޔަ އަހަރު މަޓާޓޯ ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަނުން ލީޑިންގް ގެސްޓްހައުސްގެ އެވޯޑު ލިބުނީ ކ. މާފުށީގެ އެރީނާ ބީޗު ހޮޓެލް - ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ގެސްޓްހައުސްތަކަށް ބާއްވާ، އެވޯޑު ދިނުމުގެ ހަފުލާ އަންނަ މަހު ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.

މި އެވޯޑް ހަފްލާ އޮންނާނީ އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ މޯލްޑިވްސް ޓްރެވަލް އެވޯޑު، ގެސްޓްހައުސް އެޑިޝަން ތަޢާރަފްކުރީ މިދިޔަ އަހަރު އެވެ.

މި އަހަރުގެ އެވޯޑަށް 15 ކެޓަގަރީއަކުން 111 ފަރާތެއް ވަނީ ނޮމިނޭޓްވެފައި ވާއިރު، މި ފަރާތްތަކަށް ވޯޓު ދިނުމުގެ ފުރުސަތު އެސްއެމްއެސް އާއި އޮންލައިންކޮށް ވެސް ވަނީ ހުޅުވާލާފަ އެވެ.

އެގޮތުން އެސްއެމްއެސް އަދި އޮންލައިން ވޯޓުލުން ހުޅުވާލާފައި ވަނީ މިމަހުގެ ނިޔަލަށެވެ.

ގެސްޓްހައުސް އެޑިޝަންގައި އެވޯޑު ދޭނީ ޓްރިޕްއެޑްވައިޒާގައި އެ ޕްރޮޕަޓީއަކަށް ލިބިފައިވާ ރޭޓިންގްއިން 40 ޕަސެންޓު، އަދި އާންމުންގެ ވޯޓުން 60 ޕަސެންޓަށް ބަލައިފައެވެ.

މަޓާޓޯ ޓްރެވަލް އެވޯޑުގެ އެންމެ ޝަރަފުވެރި އެވޯޑު މިދިޔަ އަހަރު ލިބުނީ ކ. މާފުށީގެ އެރީނާ ބީޗު ހޮޓެލް އަށެވެ.

ގެސްޓްހައުސް އެޑިޝަންގެ އެވޯޑް ދޭ ކެޓަގަރީތަކަކީ:

ގެސްޓްހައުސް ކެޓަގަރީތައް:

– ލީޑިންގް ގެސްޓްހައުސް
– ލީޑިންގް ފުޑް އެންޑް ބެވަރޭޖް ގެސްޓްހައުސް
– ލީޑިންގް ގެސްޓްހައުސް – ޑައިވިންގް އެންޑް ވޯޓާސްޕޯޓްސް
– ލީޑިންގް އީކޯ-ފްރެންޑްލީ ގެސްޓްހައުސް
– ލީޑިންގް ބިޒްނަސް ގެސްޓްހައުސް
– ލީޑިންގް ހެރިޓޭޖް ގެސްޓްހައުސް
– ލީޑިންގް އެޑްވެންޗާ ގެސްޓްހައުސް
– މޯސްޓް އިނޮވޭޓިވް ގެސްޓްހައުސް ކޮންސެޕްޓް

އައިލެންޑް، ބްރޭންޑް އަދި ސާވިސް ކެޓަގަރީތައް:

– ލީޑިންގް ގެސްޓްހައުސް ބްރޭންޑް
– ލީޑިންގް ޓްރާންސްޕޯޓު ސާވިސް ޕްރޮވައިޑާ
– ލީޑިންގް ގެސްޓްހައުސް އައިލެންޑް
– ލީޑިންގް ބީޗު އައިލެންޑް

މަޓާޓޯއިން ދޭ އެވޯޑުތައް:

– ލީޑިންގް ބިޒްނަސް ޑިވެލޮޕްމަންޓް ޕާޓްނާ ފޯ ދަ ގެސްޓްހައުސް އިންޑަސްޓްރީ
– ނިއު ކަމާ އޮފް ދަ އިޔާ
– މޯސްޓް ސަޕޯޓިވް ގެސްޓްހައުސް