Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

"ލިޓަސް ކެރިއާ" ފަރަށް އަރައިފި

މާލެ އިން ފުރައިގެން އައްޑޫ އަށް ދަތުރުކުރަމުން އައި "ލިޓަސް ކެރިއަރ" ދޯނި ފަރަށް އަރައިފިއެވެ.

މި ދޯނި ފަރަށް އަރާފައި ވަނީ މ.އަތޮޅު ތުވަރުގެ ދެކުނު ފަރާތު ފަރަށެވެ. އެ ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެ ސަރަހައްދުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ދޯނި ފަރަށް އެރިއިރު ދަތުރު ކުރަމުން ދިޔައީ ހަތަރު ކޮންޓެއިނާ އަރުވައިގެންނެވެ. އޭރު ދޯނިން ދަތުރުކުރަމުން ދިޔައީ 6 ދިވެހިންނާއި 4 ބިދޭސީންނެވެ. އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނީގެ ވެރިފަރާތުން އެ ސަރަހައްދަށް ފޮނުވި ދެ އުޅަނދަކާއި ކޯސްޓްގާޑުން ދަނީ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.