Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

"ހާލަތު ޒަރޫރީއަކީ ގާނޫނުގައިވާ އެއްޗެއް ނޫން"

ރާއްޖޭގެ ގާނޫނު އަސާސީގައި އޮންނަނީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށާއި، ހާލަތު ޒަރޫރާގެ ވާހަކައަކީ ގާނޫނު އަސާސީގައިވާ އެއްޗެއް ނޫންކަމަށް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މިހާރުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ މަޖްލިސްގެ ރައްޔިތުން އެއަށް އަމަލު ކުރަންޖެހޭ ގާނޫނުތަކާއި އިސްލާހުތައް ފާސްކުރުމަށް ބޭނުންވާ ގާނޫނީ މެމްބަރުންގެ އަދަދު ހަމަނުކޮށް މަޖްލިސް އިން ކަަންކަން ފާސްކުރުމަށް ނިންމެވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޝާހިދު ވިދާޅުވީ ގާނޫނު އަސާސީގައި އޮންނަނީ ކުއްލި ނުރައްކަލުގެ ވާހަކަ ކަމަށާއި، ހާލަތު ޒަރޫރާ އަކީ ގާނޫނު އަސާސީގައިވާ އެއްޗެއް ނޫންކަމަށެވެ. އަދި ގާނޫނު އަސާސީ އާއި ހިލާފު އަމަލު ނުކުރެވޭނެކަމަށާއި، އެފަދަ އަމަލު ތަކަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަަމަށެވެ.

ޝާހިދު ވިދާޅުވީ ގާނޫނު އަސާސީގެ 8 ވަނަ މާއްދާގައި އެވާހަކަތައް ބަޔާންކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ ރިޔާސީ އިންތިހާބުތަކާއި ބެހޭ ގާނޫނަށް އިސްލާހު ގެނެސް ރާއްޖެއިން ބޭރުން ހިމާޔަތް ހޯދާފައިވާ މީހަކަށް 10 އަހަރު ފަހުން ނޫނީ ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް އިސްލާހުކޮށްފައެވެ. އަދި ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ އިދާރީ ފީއެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ދެއްކުމަށް ފާސްކޮށްފައެވެ. މި އިސްލާހުތައް ފާސް ކޮށްފައިވަނީ މަޖްލިސްގެ 31 މެމްބަރުންގެ ވޯޓުންނެވެ.