Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ސައުދީގެ ހޯމް މިނިސްޓަރު ރާއްޖެ އަށް

ސައުދި އަރަބިއާގެ ހޯމް މިނިސްޓަރ ޕްރިންސް އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރިންސް އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފް ރާއްޖެ ވަޑައިގެންފައިވަނީ އިރުއޮއްސި 6 ޖެހިއިރުއެވެ. އެމަނިކުފާން އާއި އެކު ގިނަ ބަޔަކު ރާއްޖެ ވަޑައިގަންނަވާއިރު ހުންނެވުމަށް ހަމަޖެހިފައިވަނީ ނަލަދޫ ރިސޯޓުގައެވެ.

މީގެ އިތުރުން އަނަންތަރާ ދިގު ރިސޯޓު އާއި ވަން އެންޑު އޮންލީ ވެސް ވަނީ ޗުއްޓީ ހޭދަކޮށްލެއްވުމަށް ރާއްޖެއަށް އަރިހުގައި ވަޑަައިގަންނަވާ ވަފުދު ތިއްބެވުމަށް ބުކް ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ ދުވަހުގެ މުއްދަތަށް ރާއްޖެ ކުރައްވާ މި ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީނާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދާ ބައްދަލު ކުރައްވާނެ އެވެ. ނަމަވެސް މި ދަތުރުފުޅާއި ގުޅޭ ގޮތުން ސަރުކާރުން އަދި އެއްްވެސް އެއްޗެއް ހާމަ ކުރައްވާފައި ނުވެއެވެ.

ނޯޓު: ސައުދީ ވަލީ އަހުދު މުހައްމަދު ރާއްޖެ ވަޑައިގެންނެވި ކަމަށް ވިދާޅުވެ ހަބަރު ގެނެސްދެވުނީ މައުލޫމާތުގެ ކުށަކުން ކަމަށްވާތީ ކިއުންތެރިންގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ.