Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

މި ހާލަތުގައި އިސްކުރަންވީ ގައުމު: އިބްރާހީމްދީ

ގައުމަށް ވުރެ އެއްވެސް އަމިއްލަ ފައިދާއެއް ކުރިއަށް ނުނެރުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދުދީދީ ގޮވާލައްވައިފި އެވެ.

އޭނާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތް ހުއްޓުވާލާ ޕާޓީތައް ފިތުނަވެރިކޮށް ބައިބައިކުރަން ބޭނުންވާ މީހުން ތިބޭނެ ކަމަށެވެ.

އެހެންވެ މިހާލަތުގައި ހުރިހާ ރައްޔިތުން ވެސް ވިސްނަން ޖެހެނީ އަމިއްލަ އެދުން އެއްކިބާކޮށް، އިޚްލާސްތެރިކަން އިސްކުރަން ކަމަށް ވިދާޅުބި އެވެ. އަދި އެއީ ކާމިޔާބުގެ ހަގީގީ ސިއްރު ކަމަށް ވެސްވިދާޅުވިއެވެ.

އިބްރާހީމްދީ ވަނީ ގައުމަށް ވުރެ އެއްވެސް އަމިއްލަ ފައިދާއެއް ކުރިއަށް ނުނެރުމަށް ވެސް ގޮވާލައްވައިފަ އެވެ.