Last Updated: June 27, 09:43
Saturday, June 27, 2026
ޚަބަރު

މާލެ/ހުޅުމާލެ ގުޅުވައިލާ ފުރަތަމަ ފެން ޕައިޕް ވަޅުލައިފި

ފެނުގެ ވިޔުގަ ގުޅާޅާލުމަށް މައިހޮޅިތައް ވަޅުލަނީ_ ފޮޓޯ:އެމްޑަބުލިޔުއެސްސީ

މާލެ އާއި ހުޅުލެ ދެމެދު ފެނުގެ ނިޒާމު ޤާއިމްކޮށްދޭ ފުރަތަމަ ހޮޅި ވަޅުލައިފިއެވެ.

މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މާލެ ހުޅުމާލެ ފެނުގެ ވިއުގައިން ގުޅާލުމަށް މިއަދު މައިހޮޅިތައް ވަޅުލަން ފަށާފައިވާއިރު، މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް ކަމަށެވެ.

މިއަދު ހޮޅި ވަޅުލަން ފަށާފައިވަނީ އަމީނީ މަގު ބުރިޖާއި ގުޅޭ ކަންމަތީގައެެވެ.

އެ މަޝްރޫއުގެ ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްފައިވަނީ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންނެވެ. ބުރިޖުގެ ތެރެއިން ފެންހޮޅިއާއި ފައިބަރއޮޕްޓިކް ކޭބަލް އަޅާއިރު އެމަސައްކަތް ނިންމަން ހަވާލުކޮށްފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

އެ މަޝްރޫއަކީ ގާތްގަނޑަކަށް 1.6 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 24.6 މިލިއަން ދިވެހި ރުފިޔާ) ގެ މަޝްރޫއެކެވެ.

ހުޅުލެ އާއި މާލެ ގުޅުވައިދޭ ޗައިނާ މޯލްޑިވުސް ފްރެންޑްޝިޕް ބުރިޖު އަންނަ އޮގަސްޓް މަހު ހުޅުވާނެ ކަމަށް ސަރުކާރުން މިހާރު ބުނަމުންދާއިރު އެމަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ 25 ސެޕްޓެމްބަރު 2018 އެވެ.