ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ރަނިންމޭޓަކަށް ކުރިމަތިލުމަށް މިއަދު އެ ޕާޓީން ހުޅުވާލައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް، އަދި ޖޭޕީގެ ރަނިންމޭޓަކަށް އެއްބަސްވެ، އިދިކޮޅު އިއްތިހާދުން ހަދާފައިވާ ކޯލިޝަނުގައި އެމްޑީޕީން ވަނީ ރިޔާސީ ކެންޑިޑޭޓަކަށް އެޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވާފައެވެ.
ޖޭޕީން ރަނިންމޭޓަކު އަދި އައްޔަން ކޮށްފައިނުވާއިރު ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު އަންނަނީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނަށް ތާއީދުކޮށް، ރަނިންމޭޓަކަށް އޭނާ ހަމަޖެއްސުމަށް ގޮވާލައި ކެމްޕޭނެއް ވެސް ފަށާފައެވެ.
ނަމަވެސް ޖޭޕީގެ ރައީސް އަލީ ވަހީދު ވަނީ އެޕާޓީގެ ލީޑަރ އޮނަރަބަލް ގާސިމް އިބްރާހިމްގެ ހަނގު އަނބިކަނބަލުން، އާއިޝަތު ނަހުލާ(އައިޝާ) ރަނިންމޭޓަކަށް ގެނައުމަށް ތާއީދު ކުރާ ކަމަށް ވިދާޅުވެފައެވެ.
އައިޝާ ރަނިންމޭޓަކަށް ތާއީދު ކުރާ ކަމަށް އަލީ ވަހީދު ވިދާޅުވި ނަމަވެސް ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ އަންހެން ބޭފުޅަކަށް ތާއީދު ކުރަން ދަތި ވާނެ ކަމަށް ބުނެފައެވެ. އަދި ރިޔާސީ ކެންޑިޑޭޓު، އިބޫ ވަނީ ރަނިންމޭޓަކަށް ބޭފުޅަކު އައްޔަން ކުރާނީ ގުޅިފައިވާ އިއްތިހާދުގައި ހިމެނޭ ހުރިހާ ފަރާތްތަކުން އެއްބަސްވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.