ރަނިންމޭޓް ލައްވާ މަސައްކަތް ކުރުވުމަށްފަހު ކާމިޔާބު ވުމުން އެއްލާލި މަންޒަރު މާޒީގައި ފެނިފައިވާ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް ވިދާޅުވެއްޖެ އެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ މީގެ ގަޑިއެއްހާ އިރު ކުރިން އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ޑރ. އިޔާޒް ވިދާޅުވެެފައިވަނީ ރަނިންމޭޓް ލައްވާ ރަށްރަށަށް ދަތުރު ކުރުވާ، ކާމިޔާބު ވުމުން އެއްލާލީތަން މާޒީގައި ވަނީ ފެނިފައި ކަމަށާއި، އެކަމުން ޢިބުރަތް ހާސިލް ކުރަން ޖެހޭނެ ކަމަށެވެ.
Running Mate lavvaa rah rashah dhathuru kuruvaa, kaamiyaabu vumun ehlaali than maazee gai vanee fenifai. ibraiy haasil kuran jehey.
— Dr.Mohamed Iyaz (@dr_iyaz) July 8, 2018
ރާއީސް ޔާމީނުގެ ރަނިންމޭޓަކަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހަމަޖެއްސެވުމާއި ގުޅިގެން ބައެއް ދީނީ އިލްމުވެރިން އެކަމަށް ތާޢީދު ކުރައްވާ ވާހަކަ ދައްކަވާފައިވާ އިރު އެކަމާއި ދެކޮޅަށް ވެސް ބައެއް އިލްމުވެރިންގެ ބަހުގެ ޙަމަލާތައް ދަނީ ޑރ. ޝަހީމަށް އަމާޒުވަމުންނެވެ.
އަނިޔާވެރިއަކަށް އެހީތެރިވެގެން ލިބޭނެ މަންފާއެއް ނޯންނާނެ ކަމަށް ކަމަށް ވިދާޅުވެ، މީގެ ކުރިންވެސް ޝެއިޚް އިލްޔާސް ހުސައިން އަދި ޑރ. އިޔާޒް ވަނީ ޓްވީޓް ކުރައްވާފައެވެ.