Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ޢިލްމުވެރިންގެ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު

ފޮޓޯ: ވަގުތު އިމޭޖެސް

ރާއްޖޭގެ މަޝްހޫރު ބައެއް ދީނީ އިލްމުވެރިން މިއަދު ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ހަވީރު 16:15 ގައި ބާއްވަން ނިންމައިފިއެވެ.

މީޑިއާ ތަކުން މައުލޫމާތު ފަތުރާ ގޮތުގައި މިއީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދަށް އެބޭފުޅުން ތާއީދު ކުރައްވާކަން ހާމަކުރުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެކެވެ.

ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ.ޝަހީމް ހަމަޖެއްސުމާ ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިން ކަމަށްވާ ޝައިހް އަލީ ޒާހިރު އާއި ޝަހިހް އަހުމަދު ސަމީރު ވަނީ އެކަމަށް ތާއީދު ކުރައްވާކަން މިއަދު ހާމަކުރައްވާފައެވެ. މި ދެބޭފުޅުން ތާއީދު ކުރެއްވި ކަމަށް ވިދާޅުވެފައިވާ އިރު ޑރ. އިޔާޒް އަދި އަދި ޝެއިޚް އިލްޔާސް ވަނީ މިކަމަށް ފާޑު ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

މިގޮތުން މިއަދު ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ ރަނިންމޭޓް ލައްވާ މަސައްކަތް ކުރުވުމަށްފަހު ކާމިޔާބު ވުމުން އެއްލާލި މަންޒަރު މާޒީގައި ފެނިފައިވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޝަހީމް ހަމަޖެއްސެވުމުން ގިނަ ބަޔަކު އަންނަނީ އެމަނިކުފާނު ފުރުއްވަމުން އައި އައިޔޫއެމްގެ ޗާންސެލަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.

މިއަދުގެ ވަގުތެއްގައި ޑރ. ޝަހީމް މަގާމުން އިސްތިއުފާ ދެއްވާ ޕީޕީއެމާއި ގުޅިވަޑައިގަންނަވާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. ޑރ. ޝަހީމް ވަނީ އަދާލަތު ޕާޓީގައި އުޅުއްވުމަށްފަހު ސިޔާސީ ދާއިރާއާއި ދުރަށް ވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ. އެބޭފުޅާ ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސެވިކަން އިއުލާނު ކުރީ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.