Last Updated: April 27, 09:26
Saturday, April 27, 2024
ޚަބަރު

އެެސްބީއައިގެ ފޭދޫ އޭޓީއެމް ބޭނުން ކުރަން ފަށައިފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ފޭދޫގައި ބެހެއްޓި އޭޓީއެމުން ހިދުމަތް ދޭން ފަށައިފި އެވެ.

އޭގެ ހިދުމަތް ރަސްމީކޮށް ފަށާފައި ވަނީ އިއްޔެ ހަވީރު އެވެ.

އޭޓީއެމްގެ ހިދުމަތް ފެށުމުގެ ގޮތުން ބޭއްވި ހަފުލާގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ (އައިބީ) އާއި ފޭދޫ ކައުންސިލަރު އަލީ ފަހުމީ އަހުމަދުގެ އިތުރުން އެސްބީއައިގެ އިސް އޮފިޝަލަކު ބައިވެރިވަޑައިގެންނެވި އެވެ.

ފޭދޫގައި އެސްބީއައިގެ އޭޓީއެމް ބަހައްޓާފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފޭދޫ އޭޓީއެމް ހުންނަ ދިމާލުގައި ފޭދޫ އަވަށު އޮފީސް ކައިރީގައި ވޮލީ ކޯޓް ކުރިމަތީގަ އެވެ.

އެސްބީއައިގެ އޭޓީއެމެއް ފޭދޫގައި ބެހެއްޓި އިރު، އޭޓީއެމްއަކާ އެކު، އެ ބޭންކްގެ ބްރާންޗެއް ހިތަދޫގައި ހިންގަ އެވެ.

އެސްބީއައި އިން ބުނި ގޮތުގައު ފޭދޫގައި ބެހެއްޓި އޭޓީއެމްވެގެން ދާނީ އެ ބޭންކްގެ އެކައުންޓް ގެންގުޅޭ ކަސްޓަމަރުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައަކަށެވެ.