Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

މިދިޔަ މަހު މީރާއަށް 1.3 ބިލިއަން ރުފިޔާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) - ފޮޓޯ: ސަން

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 1.3 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާ އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އެއީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ 18 އިންސައްތަ އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު އާމްދަނީއަށްވުރެ 41 އިންސައްތަ އިތުރު އަދަދެކެވެ.

މި އަހަރުގެ ޖޫން މަހު މީރާއިން ބަލައިގަނެފައިވާ ފައިސާގެ ތެރޭގައި 49.9 މިލިއަން ޑޮލަރާއި 769 މިލިއަން ރުފިޔާ ހިމެނެއެވެ.

ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. އެއީ 35.4 ޕަސެންޓް ނުވަތަ 455.95 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 12.6 ޕަސެންޓް ނުވަތަ 292.04 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ބީޕީޓީގެ ގޮތުގައި 4.2 ޕަސެންޓް ނުވަތަ 162.05 މިލިއަން ރުފިޔާ، ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި (114.98 މިލިއަން ރުފިޔާ ނުވަތަ 3.6 ޕަސެންަޓް )، ގްރީން ޓެކްސްގެ ގޮތުގައި (54.27 މިލިއަން ރުފިޔާ ނުވަތަ 3.6 ޕަސެންޓް ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ (208.5 މިލިއަން ރުފިޔާ ނުވަތަ 16.2 ޕަސެންޓް ) ހިމެނެއެވެ.