Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

އޭ ލެވެލް ގަދަ 10 ގައި ދިވެހި 47 ދަރިވަރަކު

ފޮޓޯ: ވަގުތު އިމޭޖެސް

މިދިޔަ އަހަރުގެ އޮކްޓޯބަރ ނޮވެމްބަރުގެ އޭލެވެލް އިމްތިހާނުން މުޅި ދުނިޔޭގެ ގަދަ ދިހައެއްގައި ދިވެހި 47 ދަރިވަރަކު ހިމެނިއްޖެ އެވެ.

މީގެ ތެރެއިން 6 ދަރިވަރަކު ވަނީ މުޅި ދުނިޔެއިން އެއް ވަނަ ހޯދައިފަ އެވެ.

ރޭ ބޭއްވި ޓޮޕް އެޗީވާސް އެވޯޑް ނައިޓްގައި މި 47 ދަރިވަރުންނަށް ވަނީ އިނާމާއި ސެޓްފިކެޓް ހަވާލުކޮށްފައެވެ. އަދި މިިދިޔަ އަހަރުގެ މެއި ޖޫންގައި އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން 44 ދަރިވަރުންނަށް ވެސް ވަނީ ފަސް މާއްދާއިން އޭ ހޯދައިގެން އެއް ވަނަ ހޯދާފައެވެ. މި ހުރިހާ ދަރިވަރުންވެސް މި މަގާމް ހާސިލްކޮށްފައިވަނީ އޯލެވެލް 5 މާއްދާއިން އޭ ފާސް ހޯދައިގެންނެވެ.

ފޮޓޯ: ވަގުތު އިމޭޖެސް

މި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވުނު އެ ހަފްލާ ޝަރަފުވެރި ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޝިހާމް އެވެ.

ދަރިވަރރުންނާއި މުޚާތަބް ކުރައްވާ މިނިސްޓަރު ދެއްްކެވި ވާހަކަފުޅުގައި ކާމިޔާބީ ހޯދި ހުރިހާ ދަރިވަރުންނަށް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.އަދި ރާއްޖޭގެ ތައުލީމީ ނިޒާމަށް އައިސްފައިވާ ކުރިއެރުމަށް އަލިއަޅުއްވާލައްވާ އެކަމަނާ ވަނީ ވާހަކަދައްކަވާފައެވެ.

ރޭ ފާހަގަ ކުރެވުނީ ފާއިތުވި އަހަރުތަކުގައި ދަރިވަރުން، އެދަރިވަރުން ގެ އާއިލާތަކަށާއި، އުގެނުނު ސުކޫލުތަކަށާއި، ދިވެހި ގައުމަށް ހޯދަމުންދާ ރީތި ނަމާއި ޝަރަފަށް އިތުރުވެގެންދާ ބޮޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން 2017 ވަނަ އަހަރު 205 ދަރިވަރަކު އެންމެ މަތީ ދިހަވަނަ ހާސިލް ކޮށްފައިވާކަން ޑރ. އައިޝަތު ޝިހާމް ފާހަގަ ކުރެއްވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރ ނޮވެމްބަރުގެ އޭލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 205 ދަރިވަރަކުވަނީ ރާއްޖޭގެ ގަދަ 10 ގައި ހިމެނިފައެވެ.