ދީނޭ ކިޔައިގެން ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަން އޮއްބާލަން ކިތަންމެ މަސައްކަތެއް ކުރިއަސް އެކަމެއް ނުވާނެ ކަމަށް އަދާލަތު ޕާޓީގެ ނައިބް ލީޑަރު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އެ ބޭފުޅާ މިހެން ވިދާޅުވެފައިވަނީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ.
އަލީ ޒާހިރު ކުރެއްވި ޓްވީޓްގައި 2018 އިން ފެށިގެން ދިވެހި ރައްޔިތުން އުޅެނީ ފަސް އަހަރަށް ރާއްޖޭގެ މުފްތިއަކު ހޮވަން ވޯޓުލާންތޯ ސުވާލު އުފެއްދެވިއެވެ. އަދި ދިނޭ ކިޔައިގެން ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަން އޮތްބާލަން ކިތެއްމެ މަސައްކަތެއް ކުރިއަސް އެކަމެއް ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެކަންކަން އެއީ ދީނީ ކަންކަމަށް ނުވެ ދެން ކޮން ކަމެއްތޯ ދީނީ ކަންކަމަށް ވާނީ ވިދާޅުވެ ސުވާލު ކުރައްވާފައިވެއެވެ. އަދި ޕީޕީއެމަށް ނޫނެކޭ ވިދާޅުވެފައިވެއެވެ.
Alhugandumen miulheni 2018 in feshigen 5 aharah raajeyge Mufthiaku hovan vote laan tho? Dheeney kiyaigen vakkama corruptiona aniyaverikan ohbbalan kithanme msaikatheh kurias ekameh nuvaane. Adhi ekankan ei dheeni kankamah nuve dhen konkameh tho dheeni kankamah vani? DPPM ah NO.❌
— Ali Zahir (alipi) (@alixahir) July 9, 2018
އަލީ ޒާހިރު މި ފަދައިން ވިދާޅުވެފައި މި ވަނީ ޕީއެމްގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ޑރ މުހައްމަދު ޝަހީމް ހަމަޖެއްސެއްވުމުން 10 ދީނީ އިލްވެރިން ޑރ ޝަހީމަށް ތާއިދުކޮށް ރައީސް ޔާމީނަށް ވޯޓް ދިނުމަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ޝަހީމް ވަނީ ދިވެހި ރާއްޖޭގެ އިލްމުވެރިންގެ ސަފުތަށް އެކަތިގަނޑަކަށް ހެއްދެވުމަށްޓަކައި އެޕާޓީގެ ރައީސް ޝެއިހް އިމްރާނާއި ޝެއިހް އިލްޔާސް ރައީސް އަބްދުﷲ ޔާމީންނަށް ތާއިދުކޮށް އެބޭފުޅާގެ ފަހަތަށް އެރުމަށް ދައުވަތު ދެއްވާފައެވެ.