Last Updated: May 15, 17:22
Thursday, May 15, 2025
ޚަބަރު

އިމްރާން ހުންނެވީ ރައްޔިތުންނާ އެކު: ޝިދާތާ

މުޒާހަރާއެއްގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ޖަލަށް ހުކުމްކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ހުންނެވީ ރައްޔިތުންނާއެކުގައި ކަމަށް އެޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުޤައްރިރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ ޝައިޚް އިމްރާން ހުންނެވީ ރައްޔިތުންނާއި އެކުގައި ކަމަށާއި އެބޭފުޅާގެ ނަފްސް ޖަލުގައި ވީކަމުގައި ވިޔަސް ހިތާއި ވިސްނުން ހުރީ ރައްޔިތުންނާއި އެކުގައި ކަމަށެވެ.

ޝިދާތާ މިހެން ވިދާޅުވީ، "މި އުޑު ދަށުގައި ޝެއިހް އިމްރާނަށް އެންމެ ހެޔޮއެދޭ ބޭފުޅަކީ އަޅުގަނޑު" ކަމަށް ރައީސް ޔާމީންގެ ރަނިން މޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުނެނެވެ.

ޝަހީމްގެ ވާހަކަތަކަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ އިމްރާނަށް އެންމެ ހެޔޮއެދޭ ބޭފުޅާކަމަށް ވާނީ ޝަހީމް ކަމަށް އަމިއްލަފުޅަށް ވިދާޅުވިޔަސް، އެކަން ނިންމަވާނީ ޑރ. ޝަހީމް ނޫން ކަމަށާއި އިމްރާން ކަމަށް ޝިދާތާ ވިދާޅުވި އެވެ.