Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

ކާލަމާ: ކޮބް ސެލަޑް

* ބޭނުންވާ ތަކެތި:

20 ކިންގް ޕްރޯންސް (ތޮށި ނައްޓާފައި)
2 ލެޓިއުސް ގަނޑު (ކުދިކޮށް ކޮށާފައި)
4 ބިސް (ފެނުކައްކާފައި، ހަތަރު ފަޅިކޮށްފައި)
12 ފޮތި ސްމޯކްޑް ސޭމަން
2 އެވަކާޑޯ (ތޮށި ނޮޅައި، ފޮތިކޮށްކޮށާފައި)
8 ޗެރީ ޓޮމާޓޯ (ދެފޮތިކޮށްފައި)
200 ގްރާމް ޓްރިޕަލް ކްރީމް ބްރީ ޗީޒް (ފޮތިކޮށްފައި)
އޮލިވްސް (އޮށް ނަަގައި، ކުދިކޮށް ކޮށާފައި)
2 ޕިކަލްސް (ކުދިކޮށް ކޮށާފައި)
½ ޖޯޑު ސެލެޑް ޑްރެސިން (ރެންޗް ޑްރެސިން)
ބެންބޫ ސްޓިކް (ހަތަރު އެތިކޮޅު)
ލޮނު/އަސޭމިރުސް

* ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ޕްރޯންސްތަކުގައ ލޮނު، އަސޭމިރުސް ލާފައި، ބެންބޫ ސްޓިކަށް އަމުނާލާށެވެ. ދެން އަވަން 120 ޖައްސާފައި 5 މިނެޓު ވަންދެން ހޫނުކޮށްލުމަށް ފަހު، ޓްރޭއެއްގައި ތެޔޮކޮޅެއް ހާކާލާފައި، ޕްރޯންސް އެމުނި ބެންބޫ ސްޓިކްތައް އަތުރާލާ 8 މިނެޓް ވަންދެން އަވަނަށްލައި ފިހެލާށެވެ. އަށް މިނެޓުވުމުން އަވަނުން ނަގާ އެއް ކައަރީގައި ހޫނު ފިލަންދެން ބޭންދުމަ ށްފަހު ބޭންބޫ ސްޓިކްތަކުން ފްރޯންސްތައް ނައްޓާލާށެވެ.

ދެން ބޮޑު ތައްޓެއްގައި ކޮށާފައިވާ ލެޓިއުސްތައް އަތުރައިލާށެވެ. އެއަށް ފަހު ލެޓިއުސްތައް މައްޗަށް ބަރިބަރިއަށް ޕްރޯންސް، ބިސް، ސްމޯކްޑް ސޭމަން، އެވަކާޑޯ، ޓޮމާޓޯ އަދި ބްރީ ޗީޒް އަތުރައިލާށެވެ.

ހުރިހާ އެއްޗެއް ވަކިވަކިން ތަށީގައި އެތުރުމަށް ފަހު މައްޗަށް ޕިކަލް އަދި އޮލިވްސްތައް އަޅާލާފައި، ލޮނު އަދި އަސޭމިރުސް ބުރުވައިލާށެވެ. މި ސެލެޑް ތައްޔާރު ކުރާ އިރު ޑްރެސިން އެއްނުކޮށް، ވަކިން ޑްރެސިން ސާވް ކުރާށެވެ.