ރައީސް އަބްދުﷲ ޔާމީން މ. އަތޮޅުގެ ހަތަރު ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި ދިއްގަރާއި މުލަކާއި މުލީ އަދި ކޮޅުފުއްޓަށް އެމަނިކުފާނު ދަތުރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސް މުލަކު ނަރުދަމާ ނިޒާމާއި ދިއްގަރު ނަރުދަމާ ނިޒާމް ނިމުން ފާހަގަ ކުރައްވަން ހަމަޖެހިފައި ވެއެވެ.
ރައީސް ވަނީ މިދިޔަ ހަފްތާގައި ށ. އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގެން އެރަށުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތައް އިފްތިތާހް ކޮށްދެއްވާފަ އެވެ.
ރައީސްގެ ދަތުރުފުޅު ތަކުގައި ގިނަ މަޝްރޫޢު ތަކެއް ފައްޓަވާ ދެއްވާ އަދި ނިންމަވާދެއްވާފައިވެއެވެ. ރިޔާސީ އިންތިޚާބާއި ދިމާކޮށް ރައީސްގެ ދަތުރުފުޅުތައް ވަނީ އިތުރުވެފައެވެ.