Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ރައްޔިތުން ވޯޓް ދޭނެ ގޮތް ނިންމައިފި: ޖަމީލް

ފޮޓޯ: އަވަސް

ދިވެހިން ތިބީ ވޯޓުދޭންވާ ގޮތް ކަނޑައަޅައިގެން ކަމަށް ދިވެހި ޖުމްހޫރިއްޔާގެ ކުރީގެ ނައިބް ރައީސެއް ކަމަށްވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ޓްވީޓާ މެދުވެރިކޮށް ކުރެއްވި ޓްވީޓެއްގައި އެހެން ވިދާޅުވެފައިވަނީ އިއްޔެއެވެ.

އެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ތިބީ ވޯޓުދޭންވާ ގޮތް ކަނޑައަޅައިގެން ކަމަށެވެ. ޕާޓީ ތަކާއި ސިޔާސީ ލީޑަރުން ތިބީ ހައްދުން ނައްޓާފައިވާ ވެރިކަން ޤާނޫނު އަސާސީގެ އިމުގެ ތެރެއަށް ގެންނަން ބަދަހިކޮށް ކަމަށްވެސް ވިދާޅުވެފައިވެއެވެ. އިތުރަށް ވިދާޅުވީ ދެން ފެނިގެންދާނީ ވަތަން އެދޭ ގޮތަށް ހިންގާ ފޯރިގަދަ އިދިކޮޅު ކެމްޕޭން ކަމުގައެވެ. އިންޝާ ﷲ ރައްޔިތުންގެ ވެރިކަމެއް ކަމުގައެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބޫއާއި އިދިކޮޅު ފަރާތްތަކެއް ތިއްބެވި ފޮޓޯ އެއް ހިމަނުއްވާފައިވެއެވެ.

ރައީސް ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި 2013ގެ ރިޔާސީ އިންތިޚާބަށް ނިކުންނެވި ޑރ. ޖަމީލު ވަނީ ރިޔާސީ އިންތިޚާބު ކޯލިޝަން ކާމިޔާބުކުރާނެކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އެހެންވެ ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި ފަރާތްތަކަށް އެންމެ ބުއްދިވެރި ގޮތަކީ "އަވަހަށް ފޮށިތަންމަތި ބަނދެގެން ފުރަން ތައްޔާރުވުން" ކަމަށް ވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެެވެ.