Last Updated: April 25, 09:40
Thursday, April 25, 2024
ރިޕޯޓް

ކާލަމާ: ޗިކަން ކަސަޑިޔާ

* ބޭނުންވާ ތަކެތި:

10 ޓޯޓިލާ ރޮށި
500 ގްރާމް ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)
1 ފިޔާ (ކުދިކޮށް ކޮށާފައި)
2 ފެހި ބެލް ޕެޕާ (ކިއުބްކޮށް ކޮށާފައި)
2 ރަތް ބެލް ޕެޕާ (ކިއުބްކޮށް ކޮށާފައި)
1 ސައިސަމުސާ ތެޅި މިރުސް
1 ސައިސަމުސާ ގާލިކް ޕައުޑަރު
1 ސައިސަމުސާ ލޮނު
1 ސައިސަމުސާ އަސޭމިރުސް
2 1/2 ޖޯޑު ޗީޒް (ގާނާފައި)
ތެޔޮ ފޮދެއް

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަަމ ފިޔާ ކޮޅު ރަތްކޮށްލާށެވެ. ދެން އޭގެ ތެރެއަށްް ކުކުޅުކޮޅު އަޅާލާށެވެ. ކުކުޅު ރޯފިލަން ފެށުމުން ތެޅިމިރުސް، ގާލިކް ޕައުޑަރު، ލޮނު، އަސޭމިރުސް އަޅާ އެއްކޮށްލާށެވެ.
އޭގެ ތެރެއަށް ބެލް ޕެޕާކޮޅު އަޅާ އެއްކޮށްލާށެވެ. ދެން ޓޯޓިލާ ރޮށީގައި ކުކުޅު ކޮޅެއް ފަތުރާލާ އޭގެ މައްޗަށް ޗީޒްކޮޅެއް އަޅާ ފަތް ޖަހާލާށެވެ.
ދެން ހުރިހާ ރޮށްޓެއް ތައްޔާރުކޮށްލުމަށް ފަހު ޗީޒްކޮޅު ވިރެންދެން އަވަނުން ފިހެލާނީ އެވެ.