ތައިލެންޑުގެ ހޮހަޅައެއްގައި ތާށިވި 12 ކުދިންނާއި އެކުދިންގެ ކޯޗު ސަލާމަތް ކޮށްފިއެވެ.
ތައި ނޭވީގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގައި މިއަދު ވަނީ ބާކީ ތިބި ހަތަރު ކުދިންނާއި އެކުދިންގެ ކޯޗު ސަލާމަތްކޮށްފައެވެ.
Cheers, applause, relief at the volunteer site #ThamLuangCave pic.twitter.com/vao6YEih8S
— michael safi (@safimichael) July 10, 2018
ތައި މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހޮހަޅައިން އެންމެން ވަނީ ސަލާމަތް ކުރެވިފައެވެ. މިހާތަނަށް ސަލާމަތް ކުރި ކުދިން ތިބީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ފުރިހަމަ ސިއްހަތެއްގައި ކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ބުނެފައެވެ.
ޖޫން މަހުގެ 23 ވަނަ ދުވަހު ހޮހަޅައިގެ ތެރެއަށް ވަން ކުދިން އެހޮހަޅައިން ނުނިކުމެ ތާށިވީ އެސަރަހައްދަށް ބޯކޮށް ވާރޭ ވެހި ހޮހަޅައިގައި ފެންގަޑު ހެދުމުންނެވެ. އެކުދިން ފެނުނީ ހޮހަޅައިގެ ތެރެއަށް ފީނި އިނގިރޭސިވިލާތުގެ ތަޖްރިބާ ކާރު ދެ ޑައިވަރުންނަށް އެކުދިން ގެއްލުނުތާ 9 ދުވަސް ފަހުންނެވެ.

12 ،ކުދިންނާއި އެކުދިންގެ ކޯޗު ސަލާމަތުން ދިރި ތިއްބާ ފެނުމާއި އެކު އެކުދިން ސަލާމަތް ކުރުމުގެ ބޮޑު އަދި ނުރައްކާތެރި އޮޕަރޭޝަން ފެށީ އެގައުމުގެ ނޭވީގެ ބެލުމުގެ ދަށުންނެވެ. މި އޮޕަރޭޝަނުގައި އެގައުމުގެ ކުރީގެ ނޭވީއަކު މަރުވެފައިވާ އިރު މުޅި ދުނިޔޭގެ ސަމާލުކަން ވަނީ މި ހޮހަޅައަށް އަމާޒުވެފައެވެ.
ކުދިން ސަލާމަތް ކުރުމުގެ އޮޕަޜޭޝަން ކުރިއަށް ގެންގޮސްފައިވަނީ ތިން ދުވަހަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ދުވަހަކު 4 ކުއްޖަކު ސަލާމަތް ކުރި އިރު މިއަދު ހަތަރު ކުދިންނާއި ކޯޗު ވަނީ ސަލާމަތްކޮށްފައެވެ. މުޅި އޮޕަރޭޝަނަށް ދުވާލަު 11 ގަޑި އިރު ހޭދަވެއެވެ. އެއީ ކުދިން ތިބ ސަރަހައްްދަށް ދިއުމަށް 5 ގަޑި އިރާއި އެކުދިން ގޮވައިގެން އަންނަން 6 ގަޑި އިރެވެ.