Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

މަރަދޫ ބޮޑުމަގުގައި ތާރަ އަޅަން ފަށައިފި

ސްރީލަންކާ ސަރުކާރުގެ ހިލޭ އެހީ ދަށުން ހަދާ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑުމަގުގެ ދެފަރާތު ޕޭވްމަންޓް ހަދައި މަގުގައި ތާރައެޅުމުގެ މަސަައްކަތް މިއަދު ފަށައިފިއެވެ.

މަރަދޫ ޒިކުރާގެ ހިސާބުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މަސައްކަތް ފައްޓަވައިދެއްވީ މަރަދޫ ކައުންސިލަރު އަބްދުﷲ ޠޮއްޔިބުއެވެ. ޠޮއްޔިބް ވިދާޅުވީ ތިން ރަށުގެ ބޮޑުމަގުގައި މިއަދު އަޅަންފެށި ތާރަ ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި އަޅައި ނިންމާލެވޭނެކަމަށެވެ.

ލަންކާގެ އައިސީސީ ކުންފުނިން ހަދާ މިމަގަކީ އައްޑޫގައި ހެދޭ އެންމެ ފެންވަރު ރަނގަޅު މަގަށް ވެގެންދާނެކަމަށް ކައުންސިލުން ބުނެއެވެ.