އިދިކޮޅު ފަރާތްތަކުން މިއަދު ހުޅުމާލޭގައި ދޮރުން ދޮރަށް ހިނގަމުން ދަނިކޮށް ބަޔަކު ހުރަސްއެޅި އެޅުމަކީ ރައީސް ޔާމީން އިންތިހާބުން ބަލިވެފައިވާކަން ފެނިގެންދާ ކަމެއް ކަމަށް އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ފަށާފައިވާ މަސައްކަތުގައި ފަސް ޖެހުމެއް ނެތްކަމަށާއި ދާނީ ބާރަށް ކުރިއަށް ކަމަށެވެ.
އިބޫ ވިދާޅުވީ ހުޅުމާލެއިން މިއަދު ހަވީރު ފެނިގެން ދިޔަ މަންޒަރަކީ އިންތިހާބުން ރައީސް ޔާމީން ބަލިވެފައިވާ މަންޒަރުކަމަށެވެ. އަދި މިއަނިޔާވެރިކަމާއި ކަރަޕްޝަނާއި ފަސާދަ ނައްތާލައި އިންސާފު ގާއިމްކޮށްދެއްވާނެކަމަށެވެ.
MDP adhi Gulhifaivaa Siyaasee Party thakuge Riyaasee Candidate Hon.@ibusolih, Hulhumale’ ga Dhorun dhorah hingavanee. #JazeeraRaajje pic.twitter.com/KvIV7hh8xi
— MDP Secretariat (@MDPSecretariat) July 10, 2018
އިބޫ މި ނޫސްވެރިންގެ ބައްދަލުވުމުގައި ހުއްޓާ ބަޔަކު ވަނީ ކެމްޕެއިން ޓީމުގެ މެމްބަރުން ގަޔަށް ކަޅު ތެޔޮ ޖަހާފައެވެ. އަދި މިއަދު ހަވީރު އިބޫ އާއި ކެމްޕެއިން ޓީމު ހުޅުމާލޭގައި ހިނގާފައި ދަނިކޮށް ދެ މީހަކު ވަނީ އިބޫ އާއި ދިމާކޮށް މާރާމާރީ ހިންގަން މަސައްކަތް ކޮށްފައެވެ.