Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

އަދުރޭ ވިދާޅުވަނީ ޝަހީމަކީ އިސްލާމް ދީނޭ: މަހްލޫފް

ފޮޓޯ: ރާއްޖެ.އެމްވީ

އަބްދުއްރަހީމް ވިދާޅުވަނީ ޝަހީމް އަކީ އިސްލާމްދީން ކަމަށް ކަމަށާއި، އޭނާއަށް ފާޑު ކިޔުމަކީ އިސްލާމްދީނަށް ފާޑުކިޔުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވެފައިވަނީ އެ ބޭފުޅާގެ ޓްވިޓާ މެދުވެރިކޮށް އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ.

https://twitter.com/AhmedMahloof/status/1016564694910320641

ސިޔާސީ ކޯޅުންތަކުގެ ސިލްސިލާ ހަލުވި މިނުގައި ކުރިޔަށް ދާއިރު އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ހަޖޫ ޖައްސަވާ ފާޑުކިޔުންތައް އަމާޒު ކުރަމުންދާ މި ދަނޑިވަޅުގައި މަހްލޫފަކީ އެއްވެސް ޖެހިލުމެއްނެތި ސަރުކާރަށާއި ރައީސް ޔާމީނަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ.

ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޝަހީމް ހަމަޖެއްސެވުމާއި ގުޅިގެން މަހްލޫފް ކުރެއްވި ޓްވީޓެއްގައި މީގެ ކުރިން ވަނީ އިސްލާމިކް އައިޔޫއެމް ސިޔާސީ ނުކޮށް އަދި މަގާމުގެ ނާޖައިޒު ފައިދާ ނުނަގާ މަގާމުން އިސްތިއުފާ ދިނުމަށް ޑރ. ޝަހީމަށް ގޮވާލައްވާފައެވެ.