Last Updated: May 1, 11:23
Thursday, May 1, 2025
ކުޅިވަރު

މަކިޓާ ޗެމްޕިއަންޝިޕް އެތްލެޓިކްސް މުބާރާތް ފަށައިފި

މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕް އެތްލެޓިކްސް މުބާރާތް މިއަދު ހެނދުނު ހިތަދޫ ޒޯން8 ސްޓޭޑިއަމްގައި ފަށައިގެން ކުރިއަށް އެބަދެއެވެ.

ޖުމްލަ 9 ސްކޫލަަކުން ބައިވެރިވާ މި މުބާރާތުގެ ފެށުން މިއަދު ހެނދުނު ފެށުނު އިރު އައްޑޫ ފިޔަވައި ދެން ބައިވެރިވި 5 ސްކޫލް ކުދިން އައްޑޫއަށް އައިސްފައިވަނީ ވަރަށް ގަދަ ވިއްސާރާގައެވެ. އަދި އިއްޔެ ސްކޫލްތަކުން ޕްރެކްޓިސް ކޮށްފައިވަނީ ބޯވާރޭގައެވެ.

މުބާރާތް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ޖަހާއިރެވެ. މި މުބާރާތުގައި 506 އެތްލީޓުން ވާދަ ކުރާނެކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.