އިސްލާމިކް ޔުނިވާސިޓީގެ ޗާންސަލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިން މޭޓަކަށް އައްޔަން ކުރުމާ ގުޅިގެން ޒިމްބާބްވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު ޝަހީމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
https://twitter.com/muftimenk/status/1016731619808501760
ޝަހީމަށް މަރުހަބާ ކިޔުމުގެ ގޮތުން މުފްތީ އެ ބޭފުޅާގެ ޓްވިޓާ މެދުވެރިކޮށް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ޝަހީމް ހާސިލްކޮށްފައިވާ ކާމިޔާބުތަކާ މެދު ވަރަށް ފަހުރުވެރިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ރަނގަޅު ދުވަސްތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޝަހީމްގެ ނަން ހުށަހަޅާ ޕީޕީއެމްގެ ކައުންސިލްގެ އިއްތިފާގުން ފާސްވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ
މުފްތީއަކީ އިސްލާމީ ޤައުމުތަކުގެ މެދުގައި ވަރަށް މަޤްބޫލު ދީނީ ސްކޮލާއެކެވެ. އެ ބޭފުޅާގެ ދަރުސް ތަކަކީ އިބުރަތުން ފުރިގެންވާ ދަރުސްތަކެކެވެ.