Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

ހުޅުދޫ ގެއަކުން ވައްކަން ކުރި މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ހުކުމް ކޮށްފި

މިއަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަދުވަހު ހުޅުދޫ އިރުޒުވާމާގެއިން ގެއްލުނު 2700 ޑޮލަރާއި 26000 ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށައް ގެނެވުނު ހުޅުދޫ އާބާދުވިލާ، ސާރިމް (32އ) ގެ މައްޗަށް ކުރި ވައްކަމުގެ ދައުވާގައި އޭނާގެ މައްޗަށް ވައްކަން ކުރިކަމަށް ސާބިތުނުވާކަމަށް ހުޅުދޫ ކޯޓުން ހުކުމް ކޮށްފިއެވެ.

ހުޅުމީދޫ ޕޮލިހުންނާ އި ގަމުގެ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް ސާރިމް ވަނީ ތަހުގީގުގައި އެގެން އެފައިސާ ވަގަށް ނަގާފައިވާކަމަށް އެއްބަސްވެފައެވެ. އަދި އެ ފައިސާގެ ތެރެއިން 2700 ޑޮލަރު ސާރިމު ވަނީ ފުލުހުންނާއި ހަވާލްކޮށްފައެވެ. އަދި އެފައިސާ ފުލުހުންވަނީ އިރުޒުވާމާގޭގެ ވެރިންނާއި ހަވާލުކޮށްފައެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވަ ގޮތުގައި ހުޅުދޫ ކޯޓުން ސާރިމްގެ މައްޗަށް ވައްކަމުގެ ދައުވާ ސާބިތު ނުވުމުން އޭނާ މިހާރު މަސައްކަތް ކުރަމުން ދަނީ ހެކިންނާއި އެކު އޭނާގެ އަތުން ފުލުހުން ހޯދި 2700 ޑޮލަރު ހޯދުމަށް ކޯޓަށް ހުށަހެޅުމަށް މަަސައްކަތް ކުރަމުންނެވެ.

ފުލުހުންގެ ތަހުގީގުގައި ސާރިމް ވަނީ 2700 ޑޮލަރާއި 26000 ރުފިޔާ ވަގަށް ނެގި ކަމަށް އެއްބަސްވެފައެވެ. އަދި މިފައިސާތަކުގެ ތެރެއިން 2600 ޑޮލަރު އޭނާގެ ބެލުމުގެ ދަށުގައި ރަށްކާކުރެވިފައިވާ ކަމަށްވެސް އޭނާ ވަނީ ފުލުހުންގެ ތަހުގީގުގައި އެއްބަސްވެފައެވެ. އަދި އޭގެ ތެރެއިން 27000 ރުފިޔާ ޚަރަދުކޮށް ހުސްކޮށްފައިވާކަމަށްވެސް ތަހުގީގުގައި ސާރިމްވަނީ އެއްބަސްވެފައެވެ.