Last Updated: July 26, 17:06
Sunday, July 26, 2026
ޚަބަރު

ވެރިކަމުގެ އަރާމަކީ ހުރިހާ އެއްޗެއް ނޫން: ނަޝީދު

ވެރިކަމުގެ އިއްޒަތާއި އަރާމަކީ ހުރިހާ އެއްޗެއް ނޫން ކަމަށް ކުރިގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު އެމަނިކުފާނުގެ ޓްވިޓާ މެދުވެރިކޮށް ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ "އީޔޫ އިން އަޅާ ފިޔަވަޅުން ރާއްޖޭގެ ރައްޔިތުންނަށް ނުހަނު ގެއްލުންވާނެ ކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ. މަނިކުފާނާއި އަޅުގަނޑަށްވުރެ ގައުމު މާ މުހިންމު. ވެރިކަމުގެ އިއްޒަތާއި އަރާމަކީ ހުރިހާ އެއްޗެއް ނޫން. ރައްޔިތުންގެ މަންފާއަށްޓަކާ ވެރިކަން ދޫކޮށްލެވުމުގެ ހިތްވަރު މަނިކުފާނުގެ ކިބައިގައިވެސް ހުންނަންޖެހޭނެ" މިފަދައިންނެވެ.

މި ދަނޑިވަޅުގައި ރައީސް ޔާމީން ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ރާއްޖެއިން އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓު ކުރާ ބޭފުޅެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓަކާ ގުޅިގެން ވެސް އިލްމުވެރިންގެ މެދުގައި ނަޝީދަށް ނުރުހުން ވަނީ އިންތިހާއަށް އަމާޒު ވެގެން ގޮސްފައެވެ.

ސިޔާސީ ބޭފުޅުން ހަމަލާ ބަދަލުކުރާ މާލަމަކަށް ވެފައިމިވަނީ ފަހަކަށް އައިސް ޓްވިޓާއެވެ.