އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ޑެންމާކްގައި ދެއްކި ވާހަކަ ފުޅާއި ދެކޮޅަށް ހުޅުމީދޫގައި ތިބި އެމްޑީޕީ ނޫން އެހެން ޕާޓީތަކަށް ސަޕޯޓްކުރާ މެމްބަރުން އިންތިޒާމްކޮށްގެން ބާއްވާ "ބޮޑު ހިނގާލުން" މިއަދު ހަވީރު 4 ޖަހާ އިރު އޮންނާނެ ކަމަށް ހަރަކާތް އިންތިޒާމް ކުރާ ކޮމެޓީން ބުނެފި އެވެ.
ހަރަކާތް އިންތިޒާމް ކުރުމުގައި މީދޫގައި އިސްކޮށް ހަރަކާތްތެރިވާ އިބްރާހިމް ރަޝީދު ވިދާޅުވީ ހުޅުމީދޫގައި ތިބި އެމްޑީޕީ ނޫން ދެން ހުރި ހުރިހާ ޕާޓީ ތަކުން މިއަދުގެ ހިނގާލުމުގައި ބައިވެރިވާނެއެވެ.
އިބްރާހިމް ރަޝީދު ވިދާޅުވީ މިއަދުގެ ހިނގާލުމުން އެމްޑީޕީ އާއި އެޕާޓީގެ ސަޕޯޓަރުންނަށް ހުޅުމީދޫގައި ލާދީނީ ފިކުރަކަށް ޖާގައެއް ނެތްކަން ވަރަށް ރީއްޗަށް ފެނިގެންދާނެއެވެ.
ހުޅުމީދޫގައި އިއްތިހާދުގެ ހަރަކާތް ހިންގުމަށް މިހާރުވަނީ އޮފީހެއްވެސް ގާއިމްކޮށްފައެވެ. ރަޝީދު ވިދާޅުވީ ހަރަކާތް ރާވައި ހިންގުމުގައި ހުރިހާ ޕާޓީއަކުން ވެސް ވަރަށް ބޮޑު އެއްބާރު ލުމެއް ލިބެމުން އަންނަ ކަމަށެވެ. އަދި މިހަރަކާތް ސިލްސިލާކޮށް އަންނަ ރިއާސީ އިންތިހާބާއި ހަމައަށް ބާއްވާެނެކަމަށެވެ.
މިއަދު ހަވީރު އިއްތިހާދުން ބޮޑު ހިނގާލުން ބާއްވާ އިރު އެމްޑީޕީގެ މެމްބަރުންވެސް ހިނގާލުމަކަށް ނިކުތުމަށް އެޕާޓީން ގޮވާލަމުން އެބަދެއެވެ.