ޚަބަރު

ހިތަދޫގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓްވެއްޖެ

ހިތަދޫގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެން ކުއްޖަކަށް އަނިޔާވެއްޖެއެވެ.

"އައްޑޫލައިވް"އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ހަވީރު 4:45 ހާއިރު ހިތަދޫ ލިލީ މަގުގައެވެ. އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހުރި މީހަކު "އައްޑޫލައިވް"އަށް ބުނީ އެކްސިޑެންޓު ހިނގީ ލިލީ މަގުން ހިތަދޫ ބޮޑު މަގަށް ނިކުންނަން ދިޔަ ކާރަކުން ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

މި ހާދިސާގައި ސައިކަލް ދުއްވަން އިނީ ބެންކް އޮފް މޯލްޑިވްސް ކޯލް ސެންޓަރގައި މަސައްކަތް ކުރާ އަންހެނެކެވެ. އޭނާއަށް ސީރިއަސްް އަނިޔާތަކެއް ލިބިފައިވާއިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދު ފުލުހުން ބަންދުކޮށްފައިވާއިރު އިތުރު ތަފްސީލު އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.