އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްްމަދު ސޯލިހު (އިބޫ) އިއްޔެ ކެމްޕެއިން ހަރަކާތަށް ހުޅުމާލެއަށް ވަޑައިގަތުމުން އިބޫއަށް ހަމަލށާދީ ހަމަނުޖެހުން އުފައްދަން އުޅުނު މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
MPS is investigating the incident of obstruction to the political activities conducted by @MDPSecretariat nominated Presidential candidate Mr. Ibrahim Mohamed Solih in Hulhumale on 10/7/2018.
— Maldives Police (@PoliceMv) July 11, 2018
ފުލުހުން މިއަދު ޓްވިޓަރގައި ބުނެފައި ވަނީ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސްއެޅި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ. ފުލުހުން މިފަދަ ޓްވީޓެއް ކޮށްފައި މިވަނީ އިދިކޮޅު ފަރާތްތަކުން އިއްޔެ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ޑޯޓުޑޯ ހަރަކާތަށް ހުރަސް އަޅައި އޭގެ ތެރެއިން ބައެއް އިސް ފަރާްތްތަކުގެ ގަޔަށް ކަޅުތެޔޮ ޖެހުމާއި ގުޅިގެން އެކަން ފުލުހުން ތަހްގީގު ނުކުރާތީ ފާޑު ކިއުން އަމާޒުވެފައި ވަނިކޮށެވެ.
އިބޫއަށް ހުރަސް އަޅައި ހަމަ ނުޖެހުން އުފައްދާފައި ވަނިކޮށް މިއަދު ބަންޑާރަ ނައިބް ވަނީ ރިޔާސީ އިންތިހާބުގައި ކުރިމަތި ލައްވާ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް ފުލުހުންނާއި، ހޯމް މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީގެ އިތުރުން ޕީއެސްއެމްއަށް އަންގާފައެވެ.