Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

އަލްމާސް އިތުރު ފަރުވާ އަށް މާލެ އަށް

އިއްޔެ ހިތަދޫ ލިލީ މަގުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މަރިޔަމް އަލްމާސް، އިތުރު ފަރުވާއަށް ރޭ މާލެ ފޮނުވާލައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ކޮންޓެކްޓް ސެންޓަރުގައި މަސައްކަތް ކުރަމުން އަންނަ އަލްމާސްގެ ބޮލަށް ވަނީ މިއެކްސިޑެންޓުގައި އަނިޔާވެފައެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި އިއްޔެ ފަރުވާ ދިނުމަށް ފަހު އަލްމާސް ފުރުވާލާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިވަގުތު އެކްސްރޭ ނެގުމުގެ ނިޒާމުވެސް މެދުކެނޑިފައިވާއިރު އައްޑޫ ސިޓީގައި ހިނގާ ގިނަ އެކްސިޑެންޓުތަކުގައި ބޮޑެތި އަނިޔާ ވާ ފަރާތްތަކުން ގެންދަން ޖެހެނީ އިމަޖެންސީގައި މާލެއަށެވެ.

އިއްޔެ ހިނގި މިއެކްސިޑެންޓުގައި ކާރުގައި ހުރި އިތުރު އަންހެނަކަށް ވެސް އަނިޔާވެފައިވާއިރު އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.